ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިސްޓްރީއާއި ސްކޫލުތައް ގުޅިގެން މާލެ ސަރަޙައްދުގައި ޚާއްސަ ކުޑަކުދިންގެ ހަވީރުތަކެއް!

ސެންޓްރަލް ޕާކުގައި ކުރިޔަށް ގެންދިޔަ ކުޑަކުދިންގެ ހަވީރުގެ ތެރެއިން/ ފޮޓޯ: އެލައިޑް
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީއާއި ސްކޫލުތައް ގުޅިގެން މާލެ ސަރަޙައްދުގައި ޚާއްޞަ ކުޑަކުދިންގެ ހަވީރުތަކެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

މޭ މަހުގެ 10 ވަނަ ދުވަހަކީ ގައުމީ ފެންވަރުގައި ފާހަގަކުރާ ކުޑަކުދިންގެ ދުވަހަށް ވުމާއިއެކު އެ ދުވަސް ކުލަގަދަކޮށް ފާހަގަކުރަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފައެވެ. މިއީ މިނިސްޓްރީއާއި ސްކޫލުތައް ގުޅިގެން ކުރިއަށް ގެންދާ ކަމެއް ކަމަށާއި ވަރަށް ގިނަ ތައްޔާރީތައް ވަމުން އަންނަކަމަށް މިނިސްޓްރީން ކުރިންވެސް ފާހަގަކޮށްފައިވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މި ހަވީރުތައް އޮންނާނީ މިއަދު ހަވީރު 16:00-18:00 އަށެވެ. އެގޮތުން ކުޑަ ކުދިންގެ ހަވީރުގެ ޙަރަކާތްތައް އެކި ސަރަޙައްދުތަކުގައި ކުރިއަށްދާނެއެވެ. އޭގެ ތެރޭގައި ރަސްފަންނު, ހެންވޭރު ދަނޑު, ސަލްޓަން ޕާކު, ޖުމްހޫރީ މައިދާން, ހުޅުމާލޭ ސެންޓްރަލް ޕާކު އަދި ވިލިމާލޭގެ މުޙްޔިއްދީން ސްކޫލް ހިމެނެއެވެ.

މި ހަރަކާތްތައް އިންތިޒާމްކުރެވިގެން ދާނީ ކުޑަކުދިންނާއި ގުޅޭ ޝައުގުވެރި ތައުލީމީ ހަރަކާތްތަކާއި، މަޖާ ކުޅިވަރުތަކުގެ އިތުރުން މުނިފޫހި ފިލުވުމުގެ ހަރަކާތްތައްވެސް ހިމެނޭގޮތަށް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އެހެންކަމުން މި ހަވީރުގައި ބައިވެރިވުމަށް އާއިލާތަކަށްވެސް މިނިސްޓްރީން ވަނީ ދައުވަތު އަރުވާފައެވެ.

މިނިސްޓްރީން ބުނެފައިވަނީ ރާއްޖޭގެ ހުރިހާ ސްކޫލުތަކުގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ކުރިއަށްގެންދާނެ ކަމަށެވެ. އޭގެތެރެެއިން ސްކޫލުތަކުގައި ބާއްވާ ހާއްސަ އެސެމްބްލީތަކާއި އެހެނިހެން ހަރަކާތްތައް ހިމެނޭނެ ކަމަށް ވަނީ ބުނެފައެވެ. މި ހަރަކާތްތަކުގެ ތެރޭގައި ކުޑަކުދިންނަށް އެކުދިންގެ ހައްގުތަކާއި ގުޅޭ މައުލޫމާތު ދީ އެކުދިންނަށް ގައުމުގެ ތަސައްވުރު ކިޔައިދެވިގެން ދާނެ ކަމަށް ވަނީ ބުނެފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: