ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

30 ދުވަހުގެ މުއްދަތަކަށް ހަމަލާތައް ހުއްޓާލުމަށް ޔޫރަޕުގެ ގައުމުތަކުން ރަޝިއާއަށް ގޮވާލައިފި

ޔޫރަޕުގެ ގައުމުތަކުގެ ލީޑަރުން: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

30 ދުވަހުގެ މުއްދަތަކަށް ޔޫކްރެއިންއަށް ހަމަލާ ދިނުން ހުއްޓާލުމަށް ގޮވާލައި ޔޫރަޕުގެ ގައުމުތަކުން ރަޝިއާއަށް ގޮވާލައިފިއެވެ.

ބައިނަލްއަގުވާމީ ނޫސްތަކުން ބުނާގޮތުން ޔޫރަޕުގެ ހަތަރު ގައުމެއްގެ ލީޑަރުންވަނީ ތިން އަހަރަށް ދިގު ދެމިގެން ގޮސްފައިވާ ހަނގުރާމައިގެ ތެރެއިން 30 ދުވަހަށް ހަމަލާތައް ހުއްޓާލުމަށްޓަކައި ރަޝިއާއަށް ބާރުއެޅުމަަށް ގޮވާލުން ފަދަ މަގުސަދުތަކުގައި ޔޫކްރެއިންއަށް ޒިޔާރަތްކޮށްފައެވެ.

ޔޫކްރެއިންއަށް ކުރި މި ޒިޔާރަތުގައި ބައިވެރިވެފައިވަނީ ފްރާންސް ޖާރމަނީ އަދި ޕޯލަންޑާއި ޔޫކޭގެ ވެރިންނެވެ. އަދި ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީއާއި ބައްދަލުކުރައްވާފައިވާއިރު ކީވްގެ އިންޑިޕެންޑެންސް ސްކޮޔާރއަށް ވަޑައިގެން ދެވަނަ ބޮޑު ހަނގުރާމަ ނިމިގެންދިޔަތާ  80 އަހަރު ފުރިގެން ދިއުން ފާހަގަކުރުމަށް ބޭއްވި ހަފްލާއެއްގައި ބައިވެރިވެފައިވެއެވެ.

މިއީ މި ހަތަރު ގައުމުގެ ވެރިން އެކުގައި ޔޫކްރެއިންއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރުކަމަށްވާއިރު 30 ދުވަހުގެ މުއްދަތަކަށް ހަމަލާ ބަދަލުކުރުންތައް ހުއްޓާލުމަށް ގޮވާލައި ރަޝިއާއަށް ބާރުއަޅަމުންދާ ގައުމުތަކުގެ އިސް ސަފުގައި އެމެރިކާ ހިމެނެއެވެ. މިކަން ކުރުމުގެ މަގުސަދަކީ މައްސަލައަށް ހައްލެއް ގެނައުމަށް ޖާގަ ދިނުމެވެ. މާޗު މަހުގެ ތެރޭގައި އެމެރިކާއިން މި ހުށައެޅުން ހާމަކުރިއިރު ޔޫކްރެއިން އިންވަނީ އެއްބަސްވެފައެވެ. ނަމަވެސް ރަޝިއާއިންވަނީ މިހާރަށްވުރެ އެދެވޭ އެއްބަސްވުމަކަށް ދިއުމަށްޓަކައި ވަކި ޖަވާބެއް ނުދީ ހިފަހައްޓާލާފައިކަން ފާހަގަކުރެވެއެވެ.

ފްރާންސް ޖާރމަނީ އަދި ޕޯލަންޑާއި ޔޫކޭގެ ގުޅިގެން އާންމުކޮށްފައިވާ ބަޔާނެއްގައިވާގޮތުން ޓްރަމްޕުގެ ހުށައެޅުމަށް އެއްބަސްވުމަށް އެ ގައުމުތަކުންވެސް ރަޝިއާއަށް ގޮވާލާކަމަށެވެ. އަދި ދެމެހެއްޓިނި ގޮތެއްގައި ސުލްހަ ގާއިމުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް ހުރަސް ނޭޅުމަށްވެސް ގޮވާޅާކަމަށް ބުނެފައިވެއެވެ. އެ ގައުމުތަކުންވަނީ އެއްވެސް އިތުރު ޝަރުތުތަކެއް ކުރުމެއްނެތި 30 ދުވަހަށް ހަމަލާތައް ހުއްޓާލައި ސުލްހަ ގާއިމުކުރުމުގެ މަޝްވަރާތަކަށް ޖާގަ ދިނުމަށް އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: