ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ ބިލު ވެސް އެއްވަރުވެފައި ވަނީ އޭޕްރިލް މަހަށް ވެސް ޑިސްކައުންޓު ދީފައި ވާތީ: ސްޓެލްކޯ

ސްޓެލްކޯއިން ކަރަންޓް ހިދުމަތް ދިނުމުގައި ބޭނުން ކުރާ ކޮންޓްރޯލް ރޫމްގައި މުވައްޒަފުން މަސައްކަތުގައި. --ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރޯދަ މަހުގެ ކަރަންޓު ބިލާއި އެއް އަދަދެއް މި މަހު ގޭބިސީތަކަށް ލިބުނު ކަރަންޓު ބިލުގައި ވެސް ޑިސްކައުންޓު ހިމަނާފައި ވާތީކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

އެ ކުންފުނިން އާންމު ކުރި ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އޭޕްރިލް މަހުގެ ކަރަންޓު ބިލުން ޑިސްކައުންޓު ދީފައި ވަނީ އެއީ ހޫނު ގަދަ މަހަކަށްވެފައި ރޯދަ މަހުގެ ޔޫސޭޖަށް ވެސް ބަލައި ކަސްޓަމަރުންނަށް ލުޔެއް ދިނުމަށް ކަމަށެވެ.

އޭޕްރިލް މަހުގެ ކަރަންޓު ބިލު ކަސްޓަމަރުންނަށް ފޮނުވާފައި ވަނީ ކަރަންޓު ބޭނުން ކުރި މިންވަރު އޭގެ ކުރީ މަހާއި އަޅާބަލާއިރު ތަފާތު ނަމަވެސް ފައިސާގެ އަދަދު ރަމަޟާން މަހުގެ ބިލާ ސީދާ އެއް އަދަދެއް ހިމަނައި ލުޔެއް ދިނުމުގެ ގޮތުންކަމަށް ބުންޏެވެ.

”މިއަހަރުގެ މާރިޗު މަހުގެ (ރަމަޟާން މަހުގެ) ކަރަންޓުބިލަށް ޑިސްކައުންޓު ދީފައިވާ ފަދައިން އެޕްރީލް މަހުގެ ކަރަންޓުބިލަށްވެސް ވަނީ ޑިސްކައުންޓު ދީފައެވެ. މާރިޗު މަހުގެ (ރަމަޟާން މަހުގެ) ދުވަސްތައް ނިމުމަށްފަހު، އޭޕްރީލްމަހުގެ ބިލްތަކުންވެސް މިއަހަރު ޑިސްކައުންޓެއް ދެވިފައިވަނީ، އޭޕްރީލް މަހަކީ ހޫނު ގަދަވުމުގެ ސަބަބުން ޢާއްމުކޮށް ކަރަންޓުބިލުތައް ވަރަށް ބޮޑުވާ މަހަކަށްވާތީ، ރައްޔިތުންނަށް އިތުރު ލުޔެއް އޭޕްރީލް މަހުވެސް ދިނުމަށެވެ. ވުމާއެކު، އޭޕްރީލްމަހުގެ ކަރަންޓުބިލު މިކުންފުނީގެ ކަސްޓަމަރުންނަށް ފޯރުކޮށްދިންއިރު، އެ ބިލުގައިވާ ”ކަރަންޓު ބޭނުންކުރެވުނު ވަރު“ އޭގެ ކުރީ މަހާ ތަފާތުވި ނަމަވެސް، ބައެއް ބިލްތަކުގައި ބިލް އަމައުންޓު (ފައިސާގެ އަދަދު) މާރިޗު މަހުގެ (ރަމަޟާން މަހު) ބިލާއި ސީދާ އެއް އަދަދެއްގެ ގޮތުގައި އޮތީ މިދެންނެވި ލުއި ދިނުމުން ކަމުގައި ދެންނެވީމެވެ“ ސްޓެލްކޯގެ ބަޔާނުގައި ވެއެވެ.

ސްޓެލްކޯއިން ބުނި ގޮތުގައި ޑިސްކައުންޓު ދީފައި ވާނީ ކުރީ އަހަރުގައި އެންމެ ގިނަ ކަރަންޓު ބޭނުން ކުރި ތިން މަސް ނުހިމަނައި، 09 މަސް ދުވަހުގެ ކަރަންޓު ބޭނުންކޮށްފައިވާ އެވްރެޖަށް ވުރެ އިތުރު ނުވާ ގޮތަށް ބެލުމަށް ފަހު އެވެ. އަދި އެ މަސްތަކުގެ ރީޑިން އެވްރެޖު އަދަދަށް ވުރެ ކަރަންޓު ބޭނުން ކުރި މިންވަރު ކުޑަނަމަވެސް ބިލަށް 10 އިންސައްތައިގެ ޑިސްކައުންޓު ހިމަނާފައިވާނެކަމަށް ކުންފުނިން ވަނީ ބުނެފަ އެވެ.

މީގެއިތުރުން ސްޓެލްކޯއިން ބުނީ އެ ގޭބިސީއެއްގައި އަލަށް ކަރަންޓު ބޭނުން ކުރަން ފެށި ކަސްޓަމަރުންނަށާއި، ފާއިތުވި މަސްތަކުގެ ބިލުގެ އެއްވެސް ތާރީހެއް ނެތް ކަސްޓަމަރުންނަށް ވެސް ޑިސްކައުންޓު ދީފައިވާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: