މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއާއިން ދޮޅުއަހަރެއްގެ ތެރޭގައި ވަރަށް ގިނަ ކާމިޔާބު މަސައްކަތްތައް ކުރެވިފައިވާކަމަށް މިނިސްޓަރ ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
އަހާ ފޯރަމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ދިވެހިރާއްޖޭގެ ޒުވާނުންގެ ތެރެއިން އަންހެން އަދި ފިރިހެން އަދި އެހެނިހެން އުމުރުފުރާތަކުގެ ވަރަށް ގިނަ އެހީއާއި ތަމްރީނުދެވުނުކަމަށެވެ. އަދި މިހާރު ވެސް މިނިސްޓްރީގެ މޯލްޑިވްސް އެގްރި ބިސްނަސް ޑިޕާޓްމެންޓުމެދުވެރިކޮށް، ދަނޑުވެރިންނަށް ތަމްރީނު ދެމުންދާކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ދުނިޔެ ތަރައްގީވަމުންދާ ދަނޑިވަޅުގައި، ދަނޑުވެރިންކަމުގެ ޓެކްނޮލޮޖީވެސް ތަރައްގީވަމުންދާކަމަށެވެ. އެގޮތުން، ފާހަގަކުރެއްވީ ކޮމްޕޯސްޑް ހެދުމާއި ސޮއިލް ޓެކްނޮލޮޖީ އަދި ސްމާޓް އެގްރިކަލްޗަރގެ ފަދަ ޒަމާނީ އެގްރިކަލްޗަރ ތަމްރީނު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަމްރީނު ދިނުމެވެ.
މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީގެ ނަމުގައި އަލަށް ތައާރަފުވެގެންދިޔާއީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގައެވެ. އެއީ، ރިޔާސީ އާ ދައުރަކާއި އެކު ސަރުކާރު ރީސްޓަރަކްޗަރ ކުރުމުގެ ތެރެއިން ކުރެވުނު މަސައްކަތްތަކުގެ ތެރެއިންނެވެ. އެގޮތުން، މި މިނިސްޓްރީގެ ދަށުން ދަނޑުވެރިކަން ކުރިއަރުވައި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއިއެކު ޖަނަވާރުގެ ސިއްހަތާއި ރައްކާތެރިކަމަށް މަސައްކަތްކުރާކަން ފާހަގަކުރެވެއެވެ.

