ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހި ކޮންމެ އާއިލާއަކަށް އަޅުގަނޑު އެދެނީ ފަހިކަމާއި ފާގަތިކަމަށް: ރައީސް

ރައީސް ޑރ މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ކޮންމެ އާއިލާއަކަށްވެސް އެމަނިކުފާނު އެދިވަޑައިގަންނަވަނީ ފަހިކަމާއި ފާގަތިކަމަށްކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެފަދައިން ވިދާޅުވީ، އާއިލާތަކުގެ ބައިނަލްއަޤްވާމީ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ، ދިވެހި ކޮންމެ ޢާއިލާއަކަށް އެމަނިކުފާނު ފަހިކަމާއި ފާގަތިކަމަށް އަބަދުވެސް އެދިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން އިސްލާމްދީންވެސް އެންމެ ބޮޑު އިސްކަމެއް ދެނީ އާއިލީ ގުޅުންތައް ހަރުދަނާ ކުރުމަށްކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ދިވެހި ޢާއިލާތައް ބަދަހިވެ، ފުދުންތެރިވެ، ދިރިއުޅުމުގެ ފަސޭހަތައް އިތުރުވީ ވަރަކަށް ޤައުމުގެ ކުރިއެރުން ހަލުވިވެ، ކުރިމަގު އުޖާލާ ވާނެކަމަށްވެސް ރައީށް ފާހަގަ ކުރެއްވިއެވެ. ރައީސް ވަނީ ދިވެހި ކޮންމެ ޢާއިލާއަކަށް ފާގަތި ދުވަސްތަކެއް ހޯދައި ދިނުމުގައި މާތްﷲ ނަޞްރާއި ކާމިޔާބީ މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފައެވެ.

އާއިލީގުޅުން ވަރުގަދަކުރުމަށް ބާރު އެޅުމުގެ ގޮތުން ކޮންމެ އަހަރެއްގެވެސް މޭމަހުގެ 15 ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަޤްވާމީ އާއިލާތަކުގެ ދުވަހުގެގޮތުގައެވެ.

އާއިލީ މައްސަލަތަކަށް އިސްކަންދީ މި މައްސަލަތަކަށް ހައްލު ހޯދައިދިނުމުގެގޮތުން ބައިނަލްއަޤްވާމީ އާއިލާތަކުގެ ދުވަހެއް ފާހަގަކުރަން ފަށާފައިވަނީ 1993ވަނަ އަހަރުން ފެށިގެންނެވެ. އދ. އިން މިފަދަ ދުވަހެއް ފާހަގަކުރުމަށް ނިންމީ ޤައުމުތަކަށް އަންނަމުންދާ އިޤްތިސާދީ އަދި އިޖްތިމާއީ ބަދަލުތަކާއި ގުޅިގެން އާއިލީ ގުޅުންތަކަށް ގިނަ އަސަރުތަކެއް ކުރަމުންދާކަން ފާހަގަކުރެވި މި އަންނަމުންދާ ބަދަލުތަކަށް ޤައުމުތައް ހޭލުންތެރިކުރުމުގެ ބޭނުމުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: