ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަންކަރިންގެ ހިދުމަތުން 7.4 މިލިއަން ޑޮލަރު؛ 95 އިންސައްތައަކީ ވީއެލްއެސްއެފްއޯ ބަންކަރކޮށް ހޯދި ފައިސާ!

ޕީއެންސީގެ ޖަގަހަ ޖަލްސާގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވާހަކަ ދައްކަވަނީ/ ފޮޓޯ: ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތް ފަށައި، މާގިނަ ދުވަހެއް ނުވީނަމަވެސް މިހާތަނަށް 7.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ ހަރުގެ ޖަލްސާގައި ރޭ ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ އިދިޅުން އަބަދުވެސް ސުވާލު އުފައްދަނީ ވެރިކަމުގެ ދޮޅު އަހަރުގެ ތެރޭގައި ހޯދާފައިވާ ކާމިޔާބީތަކާއި މެދު ކަމަށެވެ. އެހެން ނަމަވެސް ގައުމު ހަލަބޮލިކޮށްލައި، މާލީ ބޮޑު އަނދަވަޅަކަށް ވައްޓާލި ބަޔަކަށް ކުރިމަގާއި މެދު ވާހަކަ ދެއްކުމުގެ ހައްގެއް ނޯންނާނެކަމަށް ސައީދު ވިދަޅުވި އެވެ.

ސައީދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެ އެންމެ ފުރަތަމަ ވެސް މަސައްކަތް ކުރައްވަމުން ގެންދެވީ، އެމްޑީޕީގެ ސަބަބުން ވެއްޓިފައި އޮތް އަނދަވަޅުން ސަލާމަތްވުންކަމަށެވެ. ހާއްސަކޮށް ގައުމު އިތުރަށް ދަރަނިވެރި ނުކޮށް، ކާމިޔާބީއާއި ހަމައަށް ވާސިލުވުންކަމަށެވެ. އަދި އެކަން އެގޮތުގައި ކުރެވިފައިވާކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

ރާއްޖެއަށް ލިބޭ އާމްދަނީ އިތުރުކޮށް، އިގްތިސާދީ ގޮތުން ކުރިއެރުން ހޯދައިދިނުމަށް ކުރެވުނު އެކި މަސައްކަތްތަކުގެ ތެރެއިން ސައީދު ފާހަގަކުރެއްވީ ބަންކަރިންގެ ހިދުމަތެވެ.

ބަންކަރިންގެ ހިދުމަތަށް ފެށިތާ ފަސް މަސް ދުވަސްވީއިރު، މިހާތަނަށް ލިބިފައި ވަނީ ރަނގަޅު އާމްދަނީއެއް ކަމަށެވެ. އެގޮތުން ދިވެހި ފައިސާއިން ބަލާއިރު ލިބިފައިވާ 114 މިލިއަނަށް ވުރެ ގިނަ ރުފިޔާއަކީ ކުޑަ އަދަދެއް ނޫންކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ބަންކަރިންގެ ހިދުމަތުން ލިބިފައިވާ 7.4 މިލިއަން ރުފިޔާގެ 95 އިންސައްތަ ހިއްސާ ކުރަނީ ރާއްޖެއަށް މުޅިން އަލަށް ގެނައި ލޯ ސަލްފާ ކަމަށެވެ.

މީގެއިތުރުން ސައީދު ވިދާޅުވީ ބަންކަރިންއަށް އޮތް ޑިމާންޑު ވެސް ދަނީ އިތުރުވަމުން ކަމަށެވެ. އެ ސަބަބާއި ހުރެއާއި އެކު ގާނޫނުގެ ތެރެއިން ރަނގަޅު ކުރަން ޖެހޭ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތްތައް ކުރަމުން ދާކަމަށް ސައީދު ވިދާޅުވި އެވެ.

ފަސް މަހާއި ދުވަސްކޮޅެއް މިވީ… އެހެންވީމަ ކުޑައެއް ނޫންތޯ ލިބުނު ވަރު… ކުޑައެއް ނޫނޭ މިދެންނެވީ ވީއެލްއެސްއެފްއޯ…. ނުވަތަ ލޯ ސަލްފަރ އޮއިލް ދިވެހިރާއްޖެއަށް މުޅިން އަލަށް…. މީގެ ކުރިން ދުވަހަކުވެސް ގެނައި އެއްޗެއް ނޫން…. މުޅިން އަލަށް ގެނެސް މިދެންނެވި 7.4 މިލިއަން ޑޮލަރުގެ 95 އިންސައްތައަކީ ވީއެލްއެސްއެފްއޯ ބަންކަރ ކޮށްގެން ހޯދި ފައިސާ…

މީގެއިތުރުން ރޭގެ ޖަލްސާގައި ސައީދު ވަނީ ރާއްޖޭގެ މާލީ ހާލަތު ގޯސްކަމަށް ބުނެ، ބޭރު ގައުމުތަކަށް އިދިކޮޅު ޕާޓީން ރިޕޯޓުތައް ފޮނުވަމުން ދާކަމަށް ތުހުމަތު ކުރައްވާފަ އެވެ. ސައީދު ވިދާޅުވި ގޮތުގައި ބޭރު ގައުމުތަކަށް ދަތުރުކޮށް ރާއްޖެއަށް އިންވެސްޓު ނުކުރުމަށާއި، ބޭންކުތަކުން ލޯނުތައް ނުދިނުމަށް ބުނެ ބައްދަލުވުންތައް ދަނީ ބާއްވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: