ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގާއި ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ ފެއަރއަށް ބޮޑު ތަރުހީބެއް!

ދިރާގުން ކުރިއަށް ގެންދިޔަ "ޔަންގް އޮންޓްރޮޕްރެނިއަރ ފެއަރ"
ޝެއާރކޮށްލާ ކަހަލަދޯ؟

ދިރާގާއި ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހާ ގުޅިގެން ކުރިއަށް ގެންދިޔަ ”ޔަންގް އޮންޓްރޮޕްރެނިއަރ ފެއަރ“ އަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕަރސަން އޮފީހުން އިންތިޒާމްކޮށް ދިރާގުގެ ޕާޓްނަރޝިޕާއިއެކު އާޓިފިޝަލް ބީޗުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގެ މަގުސަދަކީ ކުދިންގެ ތަފާތު ހުނަރުތަކާއި އުފެއްދުންތެރިކަން ދައްކުވައިދީ، ވިޔަފާރީގެ ދާއިރާ ތަޖުރިބާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. މި ގޮތުން، 24 ސްޓޯލަކުން 51 ކުދިން ބައިވެރިވެ އެ ކުދިންގެ ވިޔަފާރީގެ ހުނަރުތައް ވަނީ ދައްކައިލައިފައެވެ.

މި ހަރަކާތުގައި ބައިވެރިވި ކުދިންގެ ވިޔަފާރި ސްޓޯލްތަކުގައި އެކި ބާވަތްތަކުގެ ތަފާތު ކާބޯތަކެއްޗާއި، އާޓް، ކްރޯޝޭކޮށް ތައްޔާރުކޮށްފައިވާ ތަކެއްޗާއި، މެންޓަލް ހެލްތާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ އެޕްލިކޭޝަން އަދި ކުދިން އަމިއްލައަށް ލިޔެ ޝާއިއުކޮށްފައިވާ ފޮތްތައް ހިމެނެއެވެ.

ދިރާގުން މައުލޫމާތު ދޭ ގޮތުގައި ޔަންގް އޮންޓްރޮޕްރެނިއަރ ފެއަރ“އަށް ކުދިން ތައްޔާރުކުރުމުގެ ގޮތުން ފެއަރގެ ސްޓޯލްތަކުގެ ހުރިހާ ބައިވެރިންނަށާއި ބެލެނިވެރިންނަށް އަމާޒުކޮށްގެން މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންދެވިފައިވެއެވެ. މި ސެޝަންގައި ސްމޯލް އަދި ހޯމް ބިޒްނަޒް ހިންގާ 3 ފަރާތަކުން، އެ ފަރާތްތަކުގެ ތަޖުރިބާއާގުޅޭގޮތުން ކުދިން ޝައުގުވެރިކޮށް ހިތްޖެއްސުމުގެ ގޮތުން ވާހަކަދައްކާފައިވެއެވެ. މީގެ އިތުރުން، ފައިނޭންޝަލް ލިޓްރެސީއާ ގުޅޭ މައުލޫމާތާއެކު، ”ދިރާގު ޕޭ“އާ ގުޅޭ މައުލޫމާތު މި ސެޝަންގައި ވަނީ ހިއްސާކޮށްފައިވެއެވެ.

އަދި، މި ހަރަކާތުގައި ބައިވެރިވި ކުދިންނާއި ބެލެނިވެރިންނަށް އަމާޒުކޮށްގެން ރައްކާތެރިގޮތުގައި އިންޓަރނެޓް ބޭނުންކުރުމާ ބެހޭގޮތުން ”ދިރާގު ނެޓްޕްރޮޓެކްޓް“ގެ ހާއްސަ ސެޝަނެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: