ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑްރަގްގެ ވަބާއިން ދުރުވާ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ހޯދައިދޭން ޖެހޭ: ޝިޔާމް

މިނިސްޓަރ ޝިޔާމް އެންޑީއޭގެ ބޭފުޅުންނާ ބައްދަލުކުރެއްވުން
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެތީގެ ބަލިން ސަލާމަތްވެފައިވާ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަކީ އެފަރާތްތައް މުޖުތަމަޢުއަށް އަނބުރާ ގެނައުމުގައި އެޅޭ އެންމެ މުހިންމު އެއް ފިޔަވަޅުކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އެފަދައިން ވިދާޅުވީ ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އާ ބައްދަލުކުރައްވައި ދެއްކެވި ވާހަކައިގައެވެ.

މި ބައްދަލުވުމުގައި ”ޑްރަގް ފްރީ ވާރކް ސްޕޭސް“ ޝިޢާރުގެ ދަށުން، މަސްތުވާތަކެތި ބޭނުންކުރުމުގެ ބަލިން ރަނގަޅުވެފައިވާ ފަރާތްތައް މުޖުތަމަޢުއަށް ނެރެ، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ މަސައްކަތްތަކުގައި އެފަރާތްތައް ބައިވެރިކުރެވޭނެ ގޮތްތަކާ މެދު މަޝްވަރާކުރެވުނެވެ.

މަސްތުވާތަކެތީގެ ބަލިން ސަލާމަތްވެފައިވާ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަކީ އެފަރާތްތައް މުޖުތަމަޢުއަށް އަނބުރާ ގެނައުމުގައި އެޅޭ އެންމެ މުހިންމު އެއް ފިޔަވަޅުކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

މި މަޝްރޫޢުގެ ދަށުން މަސްތުވާތަކެތީގެ ބަލިން ސަލާމަތްވެފައިވާ މިނިސްޓްރީގެ ދަށުން ހިންގާ މަޝްރޫޢުތަކުގައި ބައިވެރިވުމުގެ ފުރުސަތު ހޯދާދިނުމާއި އެފަރާތްތަކަށް ބޭނުންވާ ތަމްރީނުތައް ދިނުމަށްވެސް ވަނީ މަޝްވަރާކޮށްފައެވެ.

މި ބައްދަލުވުމުގައި އެންޑީއޭގެ އިސް ބޭފުޅުންނާއމިިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މި މަޝްރޫޢު ކުރިއަށް ގެންދިއުމަށްޓަކައި ދެ މުއައްސަސާ ގުޅިގެން މަސައްކަތްކުރުމަށް ވަނީ އެއްބަސްވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: