ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިސްޓަރ އަމީންގެ އިތުބާރު ނެތް ކަމަށް ފާހެއް ނުވި!

ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީންގެ އިތުބާރު ނެތް ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ހުށަހެޅި މައްސަލަ ސަރުކާރުގެ މައިޕާޓީ ޕީއެންސީގެ މެމްބަރުންގެ ވޯޓާއި އެކު ފެއިލް ކޮށްލައިފި އެވެ.

އިދިކޮޅު އެމްޑީޕީގެ 12 މެމްބަރުންގެ ސޮޔާ އެކު، ހުށަހެޅި މައްސަލާގައި ނެގި ވޯޓުގައި އިތުބާރު ނެތް ކަމުގެ މައްސަލަ ފާސްކުރަން ވޯޓު ދެއްވާފައި ވަނީ 11 މެންބަރުންނެވެ. އަދި އަމީން ވަކި ކުރުމަށް ނުފެންނަކަމަށް ޕީއެންސީގެ 54 މެންބަރުން ވޯޓު ދެއްވި އެވެ.

އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވީ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައި ވަނީ މިއަދު ކަމަށެވެ. އަދި އެކަމަށް ކުރަން ޖެހޭ މަޝްވަރާކޮށް، މައްސަލަ ހުށަހެޅީ 12 މެމްބަރުންގެ ސޮޔާއި އެކުކަމަށް ވެސް ވިދާޅުވި އެވެ.

ނާޒިލް ވިދާޅުވީ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން ޖެހުނީ، މާލޭގެ އިމާރާތެއްގެ މަތީން މި މަހުގެ 18 ވަނަ ދުވަހުގެ ވަގުތެއްގައި ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާގައި އަމަލު ކުރި ގޮތުން ކަމަށެވެ. އެގޮތުން އަމީންގެ ގޭގައި މަސްތުވާތަކެތި ބޭނުން ކުރިކަމުގެ ތުހުމަތު ކުރައްވައި، ނާޒިލް ވިދާޅުވީ އެ ގޭގައި ގާނޫނާއި ހިލާފު އަމަލުތައް ހިނގާފައިވާކަން އެނގެން އެބައޮތް ކަމަށެވެ. އަދި އެރޭ އަމީންގެ އާއިލާގެ ދެ މީހަކު ވެސް  މއ. މާންދޫގެ ދެކުނުގޭގައި އުޅުނުކަމަށް ވިދާޅުވި އެވެ.

މި މައްސަލަ ފޮރުވުމަށް މަސައްކަތް ކުރާ އެއް ސަބަބަކީ އެމްޑީޕީން ބުނާ ގޮތުގައި، އަމީންގެ ގާތް މީހުންނާއި އާއިލާގެ މީހުން އެރޭ ގޭގެ ޓެރިސް މަތީ ޕާޓީ ކުރަން ތިބުމެވެ.

މައްސަލައިގައި މިއަދު ޖަވާބުދާރީވަމުން އަމީން ވިދާޅުވީ، ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގަށް އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާނެކަމަށެވެ.

ޔުމްނު ވެއްޓުނު ހާދިސާގައި އާއިލާއާއި ގުޅުން އޮތް ބަޔަކު ހިމެނޭކަމަށް މެމްބަރު ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައިވީ ނަމަވެސް، އެ މައްސަލައިގައި ތިމާގެ މީހެއް ނުވަތަ އާއިލާގެ އެއްވެސް މީހެއްގެ ބައިވެރިވުމެއް އޮތްކަމަށް ބަޔާންކޮށް ދައުލަތުގެ އެއްވެސް އިދާރާއަކުން އެނގުމެއް އަންގާފައި ނެތްކަމަށެވެ. އަދި އެފަދަ އެއްވެސް ނިންމުމެއް ވެސް ނިންމައި ނެތްކަމަށް އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވި ގޮތުގައި ފުލުހުން އާންމު ކުރި މައުލޫމާތުތަކުގެ ތެރޭގައި ވެސް، އާއިލާގެ އެއްވެސް މީހެއް ނުހިމެނެއެވެ. އަމީން ވިދާޅުވި ގޮތުގައި އެ ހާދިސާގައި އާއިލާގެ މެމްބަރެއްގެ ބައިވެރިވުން އޮތްކަމަށް އިތުބާރު ނެތްކަމަށް ބުނެ މައްސަލަ ހުށަހެޅި މެމްބަރުން ބަޔާންކޮށް ސޮއިކޮށްފައި ވަނީ ކޮން ކަންތައްތަކަކަށް ރިއާޔަތް ކުރުމަށްފަހުގައިތޯ ސާފެއް ނުވާކަމަށް އަމީން ވިދާޅުވި އެވެ.

މީގެއިތުރުން ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއުއަށް ގުޅީ، އަމީން ވިދާޅުވި ގޮތުގައި އޭނާ ދިރިއުޅޭ ގޭގެ ޓެރަސް ބަލައި ފާސްކުރުމަށް ކޯޓު އަމުރެއް ނެތި ވެސް އެ ފުރުސަތު ދޭނެކަމަށް ބުނުމުގެ ގޮތުންނެވެ. އަދި އެގޮތަށް އަމަލު ކުރީ ދައުލަތުގެ ވަޒީރެއްގެ ހައިސިއްޔަތުން، ކަންކަމުގައި ފަސޭހަކުރުމުގެ ބޭނުމުގައިކަމަށް ވެސް އަމީން ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: