ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެމްބަރުން ޓްރާންސްފާ މާކެޓެއްގައި ތިބުމަށް ރައްޔިތުން ނޭދޭ: މަމްދޫހު

ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މެމްބަރުން ޓްރާންސްފާ މާކެޓަކަށް ހުޅުވާލެވިގެން ތިބުމަށް ރައްޔިތުން ނުރުހޭކަމަށް މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު ވިދާޅުވެއްޖެއެވެ.

މަޖިލީހުން ކުރެވިފައިވާ މަސައްކަތްތަކާއި ގުޅޭގޮތުން ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެމްބަރު މަމްދޫހު ވިދާޅުވީ، 20 ވަނަ މަޖިލީހުން ގެނެސްފައިވާ މުހިންމު ބަދަލުތަކުގެ ތެރޭގައި މެމްބަރުން އެއްޕާޓީން އަނެއް ޕާޓީއަށް ބަދަލުނުވެވޭ ގޮތަށް ގެނައި އިސްލާހު ހިމެނޭކަމަށެވެ. އަދި ހަގީގަތަށް ބަލާއިރު އެއީ ރައްޔިތުން އެދޭ ބަދަލެއްކަމަށާއި މެމްބަރުން ޓްރާންސްފާ މާކެތަކަށް ހުޅުވާލައިގެން ތިބުމަކީ ރައްޔިތުން ނޭދޭ ކަމެއްކަމަށެވެ.

މަމްދޫހު ވިދާޅުވީ، 2009 ވަނަ އަހަރު އިންތިހާބުކުރި މަޖިލީހަށް މިސާލެއްގެ ގޮތުގައި ބަލާއިރު މާލީ މަންފާތަކެއް ހާސިލުކުރުމުގެ ގޮތުން ވޯޓުލުމާއި ގޮތް ނޭނގޭ އަޑި ނޭނގޭ ތަފާތު އެކި ކަންތައްތަކެއް ހިނގައިދިޔަ މަންޒަރު ފެނިގެންގޮސްފައިވާނެކަމަށެވެ. އަދި އެއީ ރައްޔިތުން އެދޭ ގޮތް ނޫންކަމަށާއި ރައްޔިތުން އެދެނީ އިންތިހާބުކުރާ ގޮތެއްގެ މަތިން ރައްޔިތުންގެ ފަޅީގައި މެމްބަރުން ތިބުމަށްކަމަށް ހިއްސާކުރެއްވިއެވެ.

މެމްބަރު ވިދާޅުވީ، މަޖިލީހަށް މެމްބަރުން އިންތިހާބުކުރަނީ ދިވެހި ރައްޔިތުންގެ ވޯޓުންކަމަށާއި އެކަން ކުރަނީ ކޮންމެވެސް ޕާޓީއެއްގެ ޓިކެޓު ހޯދައިގެން ނޫނީ އަމިއްލަގޮތުން ވާދަކޮށްގެންކަމަށް ފާހަގަކުރެއްވިއެވެ. މަމްދޫހު ވިދާޅުވީ، 20 ވަނަ މަޖިލީހަކީ މިނިވަން ކެނޑިޑޭޓުންގެ ގޮތުގައި ވާދަކުރައްވައިގެން އިންތިހާބުވެވަޑައިގެންނެވި މެމްބަރުން މަދު މަޖިލީހެއްކަަމަށާއި މެމްބަރުން ޕާޓީ ބަދަލުކުރުމާއި ގުޅޭގޮތުން ގެނައި އިސްލާހަކީ ރައްޔިތުންގެ ތެރޭގައިވެސް އެކަމާއިމެދު ގެންގުޅޭ ނަޒަރިއްޔާ ރަނގަޅު އިސްލާހެއްކަމަށެވެ.

މަމްދޫހު ވިދާޅުވީ، ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރި ދުވަސްވަރުވެސް ރައްޔިތުން އެކަން ކޮށްދިނުމަށް އެދެމުން އައިކަމަށާއި މެމްބަރުން ޓްރާންސްފާ  މާކެޓެއްގައި ހަރަކާތްތެރިވަމުން އައުމަކީ ރައްޔިތުން އެދޭ ގޮތެއް ނޫންކަން ކަށަވަރުވެވަޑައިގަންނަވާކަން ތަކުރާރުކުރެއްވިއެވެ.

މެމްބަރު ވިދާޅުވީ، މާލީި ތަފާތު މަންފާތަކެއް ހާސިލުކޮށްގެން މެމްބަރުން އެއް ޕާޓީން އަނެއް ޕާޓީއަށް ބަދަލުވަމުންދިއުމަށް ރައްޔިތުން ނުރުހޭކަމަށާއި ރައްޔިތުން އެދެނީ އެވެރިންގެ ވިންދާއި ރޫހާއި އެއްގޮތަށް އެވެރިންގެ ނަފާއާއި މަންފާއަށް މަސައްކަތްކޮށްދިނުމަށްކަމަށެވެ. އަދި 20 ވަނަ މަޖިލީހުގެ ހުރިހާ މަސައްކަތްތަކެއްވެސް ބައްޓަންކުރެވިފައިވަނީ އެމަގުންކަމަށާއި އެމްޑީޕީން އެ އިސްލާހަށް ވަރަށް ބޮޑަށް ދެކޮޅުވެރިކަން ހާމަކުރަމުންދާ ސަބަބަކީ އިސްވެ ބަޔާންކުރެއްވި މާކެޓުގެ ދޮރުތައް ބަންދުކޮށްފައިވުންކަމަށް ގަބޫލުކުރައްވާކަމަށް ވިދާޅުވިއެވެ.

ނަމަވެސް އެޕާޓީ ވެރިކަމުގައި އޮތްއިރު އެ އިސްލާހަކީ ގެންނަން ޖެހޭ އިސްލާހެއްގެ ގޮތުގައި ދެކުނުކަމަށާއި އެޕާޓީ ވެރިކަމުގައި އޮންނައިރު ކަންކަމާއިމެދު ދެކޭ ނަޒަރިއްޔާ އަދި އިދިކޮޅުގައި އޮންނައިރު ދެކޭ ނަޒަރިއްޔާ ތަފާތުވެގެންދާކަމަކީ އަބަދުވެސް ފާހަގަކުރައްވަމުން އަންނަ ވާހަކައެއްކަމަށް އިޝާރާތްކުރެއްވިއެވެ. އެއް އުސޫލުތަކަކާއި ހަމަތަކެއް ހިފަހައްޓައިގެން އެމްޑީޕީއަށް މަސައްކަތްތައް ކުރަން އެނގޭކަމަށް ގަބޫލުނުކުރައްވާކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: