ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަރަދުތަކުގެ ތަފްސީލެއް ނޭނގޭ، ސަރުކާރުން ކުރާހާވެސް ކަމަކީ ދަރަނީގެ ބަހަނާ ދެއްކުން: ޝަމްހީދު

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު އެމްޑީޕީ އައްޑޫ ޖަލްސާގައި ވާހަކަ ދައްކަވަނީ/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ދަރަނީގެ ހާލަތާއި، ކުންފުނިތައް ދަރުވާލާފައިވާކަމަށް ބުނެ ބަހަނާތައް ދެއްކުން ފިޔަވައި މި ސަރުކާރަށް ކުރެވޭ އެއްވެސްކަމެއް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

އައްޑޫ މަރަދޫގައި މިރޭ ކުރިޔަށް ގެންދިޔަ ޖަލްސާގައި ޝަމްހީދު ވިދާޅުވީ، އޭނާއަކީ ވެސް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މެމްބަރެއްކަމަށާއި އެހެން ނަމަވެސް މިހާތަނަށް ވެސް ދައުލަތުގެ ހަރަދުތައް އިންތިހާއަށް އިތުރުވެގެން ދިޔަ ގޮތެއް ނޭނގޭ ކަމަށެވެ. 12 ބިލިއަންގެ ހަރަދެއް ހިންގާފައި އޮތް އިރު، ރިޕޯޓުތަކާއި ތަފާސްހިސާބުތަކުގައި އެ މައުލޫމާތުތައް ނެތީ ކީއްވެތޯ އޭނާ ސުވާލު އުފެއްދި އެވެ.

ޝަމްހީދު ވިދާޅުވީ ފައިސާ ހޯދާ ގޮތަކަށް ހޯދާކަން އެނގެން އެބައޮތް ކަމަށެވެ. އެއީ ބަޖެޓުން ބޭރުން ބައެއް މަސައްކަތްތައް ކުރަމުންދާތީކަމަށެވެ.

މި ސަރުކާރުން މާލީ މައުލޫމާތުތައް ނުބަހަލައްޓައި، ފައިނޭންސް މެނޭޖު ނުކުރާނަމަ ޝަމްހީދު ވިދާޅުވި ގޮތުގައި ލިބޭނެ ހިލޭ އެހީއެއް ނުވަތަ ލޯނެއް ވެސް ނެތެވެ. އަދި އެމްޑީޕީގެ ސަރުކާރުގައި ބޮޑެތި ދަރަނިތައް ނުދައްކާ އޮތްކަމަށް ބުނާއިރު ޝްމްހީދު ވަނީ، ދަރަނީގެ ބަހަނާ ސަރުކާރުން ދައްކަމުން ދާތާ ދޮޅު އަހަރުވެފައިވާކަން ފާހަގަކުރައްވާފަ އެވެ.

ޝަަމްހީދު ވިދާޅުވީ ވެރިކަމާއި ހަވާލުވިއިރު، ކުންފުނިތައް ވެސް އޮތީ ދަރަނިވެރި ކުރުވާފައިކަމަށް ބުނަމުން ދިޔަކަމަށެވެ. އެހެން ނަމަވެސް މިހާތަނަށް ކުންފުނިތަކުގެ އެތެރޭގެ ބޮޑެތި ހަރަދުރައް ނުހުއްޓުވޭކަން ފާހަގަކުރެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: