މާލޭގައި އަލަށް ހުޅުވުނު ބާސެލޯ ނަސަންދުރާ ހޮޓެލްއާއިއެކު ފަތުރުވެރިކަމަށް އިންގިލާބީ ބަދަލެއް އަންނާނެކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މި ހޮޓެލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ޠާރިޤް ވިދާޅުވީ މި ހޮޓެލް ހުޅުވުމުން މާލެއަށް ވަރަށް ގިނަ ފައިދާތަކެއް ކުރާނެކަމަށެވެ.
މިނިސްޓަރ ޠާރިޤް އިތުރަށް ފާހަގަކުރެއްވި ގޮތުގައި މި ހޮޓެލް ހުޅުވުމުން ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުމެއް ލިބި، ވަޒީފާގެ ފުރުސަތުތައް އިތުރުވެ، އަދި މާލެއަކީ މެހެމާންދާރީ ފުރިހަމަ ރަށެއްގެ ގޮތުގައި ދުނިޔޭގެ ނަޒަރުގައި އިތުރަށް ފާހަގަވެގެންދާނެއެވެ. އަދި މިކަމުގެ ސަބަބުން މާލޭގެ އިޤްތިޞާދަށް ވެސް ފައިދާތަކެއް ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ބާސެލޯ ނަސަންދުރާ ހޮޓެލަކީ ބައިނަލްއަޤްވާމީ ފެންވަރުގެ ހޮޓެލެއްކަމަށާއި، މި ހޮޓެލުގައި ޒަމާނީ ވަސީލަތްތަކާއި ޚިދުމަތްތައް ލިބެން ހުންނާނެކަމަށްވެސް މިނިސްޓަރ ޠާރިޤް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މި ހޮޓެލް ހުޅުވުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އައު ކުރިއެރުމެއް ލިބިގެންދާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ނަސަންދުރައަކީ ތާރީހީ ގޮތުން މުހިންމު ތަނެއް. ކުރީގެ ނަސަންދުރަ ޕެލަސް ހޮޓަލަކީ މާލޭގައި ހޮޓާ ވިޔަފާރި ފެށި ފުރަތަމަ ތަން. އެތަނުން ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތު ހޯދައިދީ، ތަމްރީނު ދީފައިވޭ. މިއަދު މި ހޮޓާ ހުޅުވުމަކީ އެ ފަހުރުވެރި ތާރީހު ދެމިގެންދިއުމެއް.
ވަޒީރު ވިދާޅުވިއެވެ.
ނަސަންދުރާއަކީ ތާރީހީ ތޮތުންވެސް މުހިންމުތަނެއްކަމަށާއި، ކުރީގެ ނަސަންދުރަ ޕެލަސް ހޮޓަލަކީ މާލޭގައި ހޮޓާ ވިޔަފާރި ފުރަތަމަ ފަހަރަށް ފެށި ތަންކަމަށް ވިދާޅުވިއެވެ. އަދި ގިނަ ބަޔަކަށް މުހިންމު ތަމްރީނުތަކެއްވެސް ފޯރުކޮށްދީފައިވާކަމަށް ވިދާޅުވިއެވެ.
ރާއްޖޭގެ ގުދުރަތީ ރީތިކަމާއި، މެހެމާންދާރީ އާއި، ފެންވަރު ރަނގަޅު ހިދުމަތްތަކަކީ ރާއްޖެ ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލުތަކުގެ ތެރޭގައި ހިމެނުމުގެ ސަބަބުކަމަށް ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މިނިސްޓަރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މަސައްކަތްޕުޅަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ސަރުކާރުން ޓޫރިޒަމް ދާއިރާގެ އައު ބާބެއް ފެށުމަށް މަސައްކަތްކުރާކަމަށް ވިދާޅުވިއެވެ.
ތިމާވެށި ރައްކާތެރިކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރައްވާ، ހޮޓާތަކުގެ ހިންގުމުގައި ތިމާވެއްޓާ ރައްޓެހި އުސޫލުތައް ބޭނުންކުރުމަށް ބާރުއަޅުއްވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

