ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މ. އަތޮޅުގެ މުލީ އެއާޕޯޓް ހުޅުވައިފި

މ. މުލީ އެއާޕޯޓް ރަސްމީކޮށް ހުޅުވާދެއްވުން. ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

މ. އަތޮޅުގެ މުލީ އެއާޕޯޓް ހުޅުވައިފިއެވެ.

މި އެއާޕޯޓު ހުޅުވީ މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ. އެ އެއާޕޯޓް ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒެވެ.

މ. އަތޮޅުގައި އެއާޕޯޓެއް ނުހުންނާތީ ރައްޔިތުންގެ ކަންބޮޑުވުން އަބަދުވެސް އޮވެއެވެ.

މުލީ އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ އެމްޓީސީސީންނެވެ. އެމްޓީސީސީއާ އެއާޕޯޓުގެ މަސައްކަތް ހަވާލު ކުރީ، 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ. އެގޮތުން ބިން ހިއްކައިގެން 1200 މީޓަރުގެ ރަންވޭއަކާއެކު އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 212 މިލިއަން ރުފިޔާއަށެވެ.

2021 ވަނަ އަހަރު އެކުންފުންޏާ މަސައްކަތް ހަވާލު ކުރި ނަމަވެސް، މަސައްކަތް ލަސްވެގެން ގޮސްފައިވަނީ ފައިސާގެ ދަތިކަމާ ގުޅިގެންކަމަށް އޭރު އެމްޓީސީސީއިން ބުންޏެވެ.

މުލީ އެއާޕޯޓު ހުރި ސަރަހައްދުން ރައްޔިތުންގެ ޝުއޫރުތައް ގެނެސްދިން އިރު، ރައްޔިތުން ވަނީ މިހާ އަވަހަށް އެއާޕޯޓުގެ މަސައްކަތް ނިންމާލާފައިވާތީ އުފާ ފާޅުކޮށް، ސަރުކާރަށް ޝުކުރު އަދާކޮށްފައެވެ.

މި ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގެ ކޮންމެ ރަށަކުން ވެސް 30 މިނެޓު ތެރޭގައި ދެވޭނެ އެއާޕޯޓުތައް ގާއިމްކުރުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: