ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބްރޯޑްކޮމްއާއި އެމްއެމްސީ ގުޅިގެން ޕެނަލް ޑިސްކަޝަންއެއް ކުރިޔަށް ގެންގޮސްފި

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާއި ގުޅިގެން ބޭއްވުނު ޕެނަލް ޑިސްކަޝަންގެ ތެރެއިން/ފޮޓޯ: ބްރޯޑްކޮމް
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަން ދުވަހާ ގުޅިގެން، މޯލްޑިވްސް މީޑިއާ ކައުންސިލާއި (އެމްއެމްސީ) މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) ގުޅިގެން ޕެނަލް ޑިސްކަޝަނެއް ކުރިޔަށް ގެންގޮސްފިއެވެ.

މި ޕެނަލް ޑިސްކަޝަންގައި ނޫސްވެރިކަމުގެ މިނިވަންކަމުގެ އިތުރުން މީޑިއާއަށް މަސްނޫއީ ތޫނުފިލިކަމުން ކުރާ އަސަރާ ގުޅޭ މައުލޫއުތަކެއްގެ މައްޗަށް މަޝްވަރާކުރެވުނެވެ.

ބްރޯޑްކޮމްއިން ނެރުނު ނޫސްބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ޕެނަލް ޑިސްކަޝަން ކުރިޔަށް ގެންގޮސްފައިވަނީ ތިން ޕެނަލަކަށް ބަހާލައިގެންނެވެ. މި ޕެނަލްތަކުގައި ނޫސްވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުންނާއި ފަންނީ ބޭފުޅުން ބައިވެރިވެވަޑައިގެން، ކޮންމެ ޕެނަލެއްގައި ތިން މައުލޫއެއްގެ މައްޗަށް މަޝްވަރާކުރެވުނެވެ.

މި ޕެނަލް ޑިސްކަޝަންގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި، އާޓިފިޝަލް އިންޓެލިޖެންސްއާއި ނޫސްވެރިކަމާއި، އޭގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކާއި، އޮޓޯމޭޓެޑް ކޮންޓެންޓް ޖެނެރޭޝަންގެ ސަބަބުން ލިބޭ ފުރުސަތުތަކާއި ނުރައްކާތައް ހިމެނެއެވެ. މީގެއިތުރުން، ޑިޖިޓަލް މީޑިއާގައި އޭއައި ބޭނުންކުރުމުގެ ސަބަބުން އަޚްލާޤީ މިންގަނޑުތަކަށާއި ޤާނޫނީ ގޮތުން ކުރާނެ އަސަރުތަކާއި، މައުލޫމާތުގެ ޞައްޙަކަން ކަށަވަރުކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރެވުނެވެ.

ކޮންމެ އަހަރެއްގެ މޭ މަހުގެ 3 ވަނަ ދުވަހަކީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެވެ. މި ދުވަހަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރި ގޮންޖެހުންތަކަށް ހޭލުންތެރިކޮށް، ނޫސްވެރިންނަށް ލިބެންޖެހޭ ޤާނޫނީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ވަކާލާތުކުރުމުގެ މަޤްޞަދުގައި ފާހަގަކުރާ ދުވަހެކެވެ.

މި ދުވަހުގެ މުހިންމު އަމާޒުތަކުގެ ތެރޭގައި، ސަރުކާރާއި މީޑިއާގެ ދެމެދުގައި އޮންނަ މައުލޫމާތު ހިއްސާކުރުމުގެ ވިއުގަ ހަރުދަނާކޮށް، ނޫސްވެރިންނަށް އެއްވެސް ބިރުވެރިކަމެއްނެތި މިނިވަންކަމާއެކު މަސައްކަތްކުރުމުގެ ފުރުސަތު ފަހިކޮށްދިނުން ހިމެނެއެވެ. އަދި އަޚްލާޤީ މިންގަނޑުތަކުގެ ތެރެއިން ނޫސްވެރިކަން ކުރުމަށް ބާރުއެޅުމަކީވެސް މި ދުވަހުގެ މުހިންމު މަޤްޞަދެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: