ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”އެލައިޑް 40 – މައިލްސްޓޯންސް އެންޑް މުމެންޓަމް“ގެ ނަމުގައި ހާއްސަ އިވެންޓެއް ކުރިޔަށް ގެންގޮސްފި

"އެލައިޑް 40 – މައިލްސްޓޯންސް އެންޑް މުމެންޓަމް"ގެ ނަމުގައި ޖެން ހޮޓެލްގައި ހާއްސަ އިވެންޓެއް ކުރިޔަށްގެންގޮސްފި --- ފޮޓޯ: އެލައިޑް
ޝެއާރކޮށްލާ ކަހަލަދޯ؟

”އެލައިޑް 40 – މައިލްސްޓޯންސް އެންޑް މުމެންޓަމް“ގެ ނަމުގައި ޖެން ހޮޓެލްގައި ހާއްސަ އިވެންޓެއް ކުރިޔަށް ގެންގޮސްފިއެވެ.

ގިނަ އަދަދެއްގެ ކަސްޓަމަރުންގެ ހާޒިރުގައި ކުރިޔަށްގެންދިޔަ މިއިވެންޓް ހާއްސަކޮށްފައިވަނީ އެލައިޑުގެ ދިގު މާޒީގެ ފަހަތުގައިވާ އަގުހުރި، ހިދުމަތްތެރި ކަސްޓަމަރުންގެ އަގުވަޒަންކޮށް އެފަރާތްތަކާއި އެކު ވަގުތު ހޭދަކޮށް ހިޔާލު ބަދަލުކުރުމަށެވެ.

އެލައިޑްއިން ބުނި ގޮތުގައި މި ހަރަކާތް ކުރިޔަށް ގެންދިޔައީ އިންޝުއަރެންސުގެ ޕްރޮޑަކްޓް ޕޯޓްފޯލިއޯ މުއްސަނދި ކުރުމަށް މި އަހަރަށް ބާޒާރަށް ނެރުމަށް ހަމަޖެހިފައިވާ ބައެއް އުފެއްދުންތަކުގެ ހައިލައިޓްސް ކަސްޓަމަރުންނާއި ހިއްސާ ކުރުމުގެ ވެސް އަޒުމާއި އެކު އެވެ.

އޭގެ ތެރޭގައި ކްރިޓިކަލް އިލްނެސް ކަވަރ، ސައިބަރ އިންޝުއަރަންސް ކަވަރ އަދި އެމްޕްލޯޔަރސް ލައިބިލިޓީ ކަވަރ ހިމެނެއެވެ. މިޕްލޭންތަކާއި ގުޅޭގޮތުން އެލައިޑުން ބުނެފައިވަނީ ކުންފުނީގެ އުފެއްދުންތައް ބައްޓަން ކުރުމުގައި ބަވަނަވަމުންދާ ދުނިޔޭގެ ބަދަލުތަކަށް ފެތޭގޮތަށް ޕްލޭންތައް ފަރުމާކުރުމަށް ކުންފުނިން ނުހަނު އިސްކަމެއް ދޭ ކަމަށެވެ.

މި ޕްލޭންތަކުގެ ޒަރިއްޔާއިން ކަސްޓަމަރުންނަށް އިތުރު ރައްކާތެރިކަމެއް ފޯރުކޮށްދިނުމަކީ އުއްމީދެއްކަމުގައި އެލައިޑުން ވަނީ ފާހަގަކޮށްފައެވެ.

އިވެންޓްގައި އެލައިޑުން ވަނީ ކުންފުނީގެ އިސްލާމިކް ވިންޑޯ ”އަޔާދީ ތަކާފުލް“ ރީބްރޭންޑްކޮށް ”އެލައިޑް ތަކާފުލް“ އަށް ބަދަލުކޮށްފައެވެ. ޝަރީއާ ކޮމްޕްލައިންޓް އިންޝުއަރަންސް ހިދުމަތްތައް ހޯއްދެވުމަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ އިސްލާމިކް އިންޝުއަރަންސް ސޮލިއުޝަންސް ފޯރުކޮށްދެމުން އަންނަ މިގޮތްޕައް މިއަހަރު ވަނީ 11 އަހަރު ފުރިފައެވެ.

ކަސްޓަމަރުންނަށް ހާއްސަކޮށްގެން ކުރިޔަށްގެންދިޔަ އިވެންޓްގައި އެލައިޑުން ވަނީ މިއިވެންޓްގެ ކޮންމެ ބައިވެރިއަކަށް ހާއްސަ ހޯމް ކޮންޓެންޓް ޕްލޭނެއް ހަދިޔާކޮށްފައެވެ. 150،000 ރުފިޔާގެ އަގުހުރި ގޭތެރޭގެ މުދާ ރައްކާތެރިކުރާ މިޕްލޭނަކީ ގޭތެރޭގައި ހުންނަ ސާމާނަށް ކުރިމަތިވެދާނެ ފަދަ ގެއްލުންތަކަށް ބަދަލު ލިބޭ ގޮތަށް ތައްޔާރުކޮށްފައިވާ ޕްލޭނެކެވެ. ހަމައެއާއި އެކު އިވެންޓްގެ ބައިވެރިންގެ ތެރެއިން ނަސީބު ގުރުއަތުން ހޮވުނު 3 ފަރާތަކަށް އެލައިޑުން ވަނީ 1 އަހަރުގެ ދުވަހުގެ ވަރލްޑްވައިޑް ޓްރެވަލް ޕްލޭނެއް (އޫއެސްއޭ އާއި ކެނެޑާ ނުހިމެނޭގޮތަށް) ވެސް ހަދިޔާކޮށްފައެވެ. މިޕްލޭނުގެ ދަށުން ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގައި ކުރާ ސިއްހީ ފަރުއާއަށްދާ ހަރަދާއި ދަތުރު ޑިލޭވުމާއި ކެންސަލްވުން އަދި ލަސްވެ ނުވަތަ ގެއްލޭ ދަބަސް ފަދަ ތަކެއްޗަށް ބަދަލު ލިބެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: