ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލިވަޕޫލުގެ ސީނިއާ ޓީމުގެ ވަފުދަށް އެމްއެމްޕީއާރްސީގެ ހޫނު މަރުހަބާ!

ފޮޓޯ: އެމްއެމްޕީއާރްސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ފުޓުބޯޅަދާއިރާގެ މަޝްހޫރު ލިވަޕޫލް ފުޓްބޯޅަ ކްލަބުގެ ސީނިއާ ޓީމުގެ ވަފުދަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން މަރުހަބާ ކިޔައިފިއެވެ.

މިއީ ވިޒިޓް މޯލްޑިވްސްއާއި ލިވްޕޫލުގެ ދެމެދުގައި އޮތް ސްޓްރެޓިޖިކް ގުޅުން އާ ހަރުފަތަކަށް ގެންދިޔުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

މި ވަފުދުން ދިވެހިރާއްޖެއަށް ކުރާ ދަތުރަކީ، މި އަހަރުގެ ކުރީކޮޅުގައި ލިވަޕޫލް އެފްސީގެ އޮފިޝަލް ޑެސްޓިނޭޝަން ޕާޓްނަރެއްގެ ގޮތުގައި ވިޒިޓް މޯލްޑިވްސްއާއިއެކު ސޮއިކުރުމާއި ގުޅިގެން ކުރިއަށް ގެންދާ ދަތުރެކެވެ.

ލިވަޕޫލުގެ ވަފުދުގައި އިސްކޮށްހުންނެވީ، ޕާޓްނާޝިޕްގެ ނައިބު ރައީސް މިސްޓަރ ޑޭވިޑް ޕޯލްއާއި ލިވަޕޫލުގެ އެފްސީގެ ޑިރެކްޓްރ އޮފް ގްލޯބަލް ޕާޓްނާރޝިޕް ޑިވެލޮޕްމަންޓް މިސްޓަރ އެލެކްސް ފްރޭސަރއެވެ.

މިކަމާއި ގުޅިގެން އެމްއެމްޕީއާރްސީން ނެރުނު ނޫސްބަޔާނުގައިވާގޮތުން، ލިވަޕޫލް އެފްސީގެ ވަފުދުން ސަރުކާރުގެ އިސް އޮފިޝަލުންނާއި ކެބިނެޓްގައި ހުންނަވާ މިނިސްޓަރުންނާއި ސިނާއީ ލީޑަރުންނާއި އެކު މަތީ ފެންވަރުގެ ބައްދަލުވުންތައް ސިލްސިލާގޮތެއްގައި ކުރިޔަށް ގެންދާނެކަމަށެވެ. އެގޮތުން، މި މަޝްވަރާތަކުގެ ތެރެއިން ލިވަޕޫލް އެފްސީއާއި އެމްއެމްޕީއާރްސިގެ ދެމެދުގައި އޮތް އެއްބާރުލުން އިތުރަށް ވަރުގަދަކޮށް، ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި އީޖާދީ ބަދަލުތައް ގެނައުމުގެ ގޮތުން އާ ސްޓްރެޓެޖީތައް ދެނެގަނެ، އެމްއެމްޕީއާރްސީއާއި ލިވަޕޫލްގެ ދެމެދުގައި އޮތް ޖޮއިންޓް އިނިޝިއޭޓިވްސް ކާމިޔާބުކުރުމަށް އިތުރަށް ބާރުއެޅޭނެ ގޮތްތަކާއި މެދު މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައިކަމަށް އެމްއެމްޕީއާރްސީން ހާމަކޮށްފައިވެއެވެ.

މިއަދާހަމައަށް، ލިވަޕޫލް އެފްސީ މެދުވެރިކޮށް، ދިވެހިރާއްޖެގެ މަންޒިލު މުޅި ދުނިޔެއަށް ދައްކާލުމުގެ މަސައްކަތްތަކުގެ ތެރެއިން މުޅި ޔޫއޭއީގައި ޓެކްސީ ކެމްޕޭންތަކާއި، އަރަބިއަން ޓްރެވަލް މާކެޓާއި ކަޒަކިސްތާން އިންޓަނޭޝަނަލް ޓްރެވެލް ފެއާގައި ބައިވެރިވުމާއި، ޔޫކޭގެ އަންޑާގްރައުންޑް، ލަންޑަން ބްލެކް ކެބް އަދި ޕްރީމިއަމް އެއާޕޯޓް ލައުންޖުތަކުގައި ދިވެހިރާއްޖެ އިޝްތިހާރުކުރުމަށް އަމާޒުކޮށްގެން، ކޯ ބްރޭންޑް ޕްރޮމޯޝަންތަކެއް ކުރިޔަށް ގެންގޮސްފައިވާއިރު، މި މަސައްކަތްތަކުގެ ސަބަބުން ވަރަށް ބޮޑު ކަސްޓަމާބޭސްއަކަށް ދިވެހިރާއްޖެ އިޝްތިހާރުވެގެންދިޔައެވެ.

ވިސިޓް މޯލްޑިވްސްއާއި ލިވަޕޫލްގެ ދެމެދުގައި ގާއިމުކުރެވިގެންދިޔަ ޕާޓްނާޝިޕްގެ ތެރެއިން ދުނިޔޭގެ އެންމެ މަޝްހޫރު އެއް ކުޅިވަރު ޕްލެޓްފޯމްގައި ދިވެހިރާއްޖެ ފީޗާކޮށް، ދުނިޔޭގެ ޓޫރިޒަމް މާކެޓުގައި ދިވެހިރާއްޖޭގެ މަގްބޫލުކަން އިތުރުކުރެވިގެންދާނެއެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: