ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓޫރިޒަމާއި ވިޔަފާރިތަކުން މާރުކުރާ ޑޮލަރުގެ 90 ޕަސެންޓު އެމްއެމްއޭއަށް ނަގަނީ!

ދިވެހި ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭ.
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭރު ފައިސާއާބެހޭ ޤާނޫނުގެ ދަށުން ބޭންކުތަކުން އޮތޯރިޓީއަށް ވިއްކަންޖެހޭ ބޭރު ފައިސާ ގެ ސިޔާސަތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބަދަލު ގެނެސްފިއެވެ.

އެމްއެމްއޭއިން ނެރުނު ބަޔާނެއްގައި ބުނީ، ބޭރު ފައިސާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ހ) ގެ ދަށުން ބޭންކުތަކުން އެ އޮތޯރިޓީއަށް ވިއްކަންޖެހޭ ބޭރު ފައިސާގެ އިންސައްތަ 1 ޖޫން 2025 ވަނަ ތާރީޚުން ފެށިގެން އިތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ.

ބޭރު ފައިސާއާބެހޭ ޤާނޫނުގެ ދަށުން ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން ބޭންކުތަކަށް މާރުކުރާ ފައިސާގެ ތެރެއިން އޮތޯރިޓީން ކަނޑައަޅާ އިންސައްތައެއްގެ ޢަދަދަކަށް ބޭރު ފައިސާ ބޭންކުތަކުން އޮތޯރިޓީއަށް ވިއްކަންޖެހެއެވެ. އެގޮތުން ކޮންމެ ހަފްތާއަކު ބޭންކުތަކުން އޮތޯރިޓީއަށް ވިއްކަންޖެހޭ ބޭރު ފައިސާ 60% އިން 90% އަށް 1 ޖޫން 2025 ވަނަ ތާރީޚުން ފެށިގެން އިތުރުކުރުމަށް އެމްއެމްއޭއިން ވަނީ ނިންމާފައެވެ.

އެމްއެމްއޭއިން މައުލޫމާތު ދޭ ގޮތުގައި މި ބަދަލު ގެނެސްފައިވަނީ އޮތޯރިޓީން ބޭންކުތަކަށް ކޮންމެ ހަފްތާއަކު ވިއްކާ ބޭރު ފައިސާ މެދުވެރިކޮށް މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ބޭންކުތަކުން ހަމަޖައްސައިދިނުމަށް މަގުފަހިކުރުމަށެވެ.

ރާއްޖޭގެ އިގްތިދަށް ދިމާވި ދަތިތަކާއި އެކު އެންމެ ބޮޑު ގޮންޖެހުމަކަށް އައީ ޑޮލަރުގެ ތާށިކަމެވެ. ޒަމާންތަކެއް ވަންދެން އުފެދިފައި އޮތް ޑޮލަރުގެ ކަޅު ބާޒާރު ހައްލު ނުވާ އެންމެ ބޮޑު ސަބަބެއްކަމަށް ގިނަ ބަޔަކު ދެކެނީ ރާއްޖެއަށް ޑޮލަރުގެ އާމްދަނީ ލިބޭ އަދަދާއި އެއްވަރަށް ވެސް އެ ފައިސާ އިގްތިސާދުގައި ދައުރު ނުވުމެވެ.

މާލީ ދަތިތަކުން އަރައިގަތުމަށް ސަރުކާރުން ބޮޑެތި އެތައް ފިޔަވަޅެއް އެޅިއިރު، 2024 ވަނަ އަހަރު އެންމެ ބޮޑަށް ފާހަގަކުރެވެނީ ވިޔަފާރިތަކުން ޑޮލަރުން ލިބޭ އާމްދަނީ ރާއްޖޭގެ ބޭންކުތަކަށް މާރު ކުރުން ލާޒިމްކޮށް ގެނައި ބޭރު ފައިސާއާއި ބެހޭ ގާނޫނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: