ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިގިރޭޓް ކާޓަންތަކެއް އެތެރެކުރަން އުޅުނު ބިދޭސީއަކު ހައްޔަރުކޮށްފި

ފޮޓޯ: ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނާއި ހިލާފަށް ސިގިރޭޓް ކާޓަންތަކެއް ރާއްޖެއަށް އެތެރެކުރަން އުޅުނު ބަންގްލަދޭޝް ރައްޔިތެއް ފުލުހުން ހައްޔަރުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކުރި ފަރާތަކީ 45 އަހަރުގެ އަބްދުލް ކަރީމް ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހައްޔަރުކުރުން ކުރިއަށް ގެންގޮސްފައިވަނީ 2025 މޭ މަހުގެ 23 ވަނަ ދުވަހުގެ ރޭގަނޑު 12:15 ހާއިރު ވިލިމާލޭ ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިންނެވެ. މި އޮޕަރޭޝަންގައި ތިލަފުށި ބޯޓުޔާޑުގައި އޮތް ދޯންޏެއް ބަލައި ފާސްކުރުމުން، ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މެންޗެސްޓަރ ބްރޭންޑުގެ 32 ކާޓަން ސިގިރޭޓް ވަނީ ފެނިފައެވެ.

ފުލުހުންގެ ތަޙުޤީޤަށް އިތުރަށް ހާމަވެފައިވާ ގޮތުގައި، ހައްޔަރުކުރެވުނު ބިދޭސީއަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ މީހެކެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދުންފަތުގެ އިސްތިޢުމާލު ކުރާ ތަކެތި ރާއްޖެއަށް އެތެރެކުރުމާއި ވިއްކުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުން މެނުވީ، މިފަދަ ތަކެތި ރާއްޖެއަށް އެތެރެކުރުމަކީ ގާނޫނީ ގޮތުން މަނާކަމެކެވެ. މި މައްސަލައިގެ ތަޙުޤީޤު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: