ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުއްގިރި މައްސަލަ: ހެކިބަސް ނެގުމުގެ މަރުޙަލާ ނިމިއްޖެ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ފުއްގިރި ކުއްޔަށް ދޫކުރުމުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި ޔާމީނުގެ މައްޗަށް 2 ދައުވާއެއް އުފުލާފައިވެއެވެ. އެއީ މަނީ ލޯންޑްރިން އަދި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާއެވެ.

މި އަޑުއެހުމުގައި ފުރަތަމަ ހާޒިރުވެ ހެކިބަސް ދީފައިވަނީ މި މައްސަލައިގައި ކުރިން ދައުވާ އުފުލި އަހުމަދު ކްރިކް ރިޒާއެވެ. އެގޮތުން މި މައްސަލައިގައި އަހުމަދު ކްރިކް ރިޒާގެ މައްޗަށް ކުރީ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާއެވެ. ނަމަވެސް މި މައްސަލަ އަލުން އަނބުރާ ކޯޓަށް ހުށަހަޅާ ގޮތަށް 2023 ވަނަ އަހަރު ވަނީ އަނބުރާ ގެންގޮސްފައެވެ.

ހެކިބަސް ދެމުން އޭނާ ވަނީ ވެލާނާގޭ އެމްއެމްޕީއާރްސީ އޮފީހުގައި ޒިޔަތުއާއި އެކު އޮތް ބައްދަލުވުމެއްގެ ވާހަކަ ހިއްސާކުރައްވާފައެވެ. އެގޮތުން އެ ބައްދަލުވުމުގައި ތިއްބައި އަދީބުވެސް އެތަނަށް އައިކަމަށް އޭނާ ކިޔާދިނެވެ.

މީގެ އިތުރުން، ޑޮލަރު މާރު ކުރުމުގެ މުއާމަލާތަކަށް އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމްގެ ފަރާތުން އައި މީހަކަށް ފައިސާ ޙަވާލުކޮށްދިނުމުގައި ޙަރަކާތްތެރިވި އަބްދުﷲ ރަޝީދުގެ ހެކިބަސްވެސް ނަގާފައިވެއެވެ. އޭނާ ކިޔާދިން ގޮތުގައި އެ ދަބަހުގައި ފަސްސަތޭކައިގެ ނޫޓު ހިމެނޭ ބޮނޑިތަކެއް ހިމެނެއެވެ. އެގޮތުން ޖުމުލަ 17 މިލިއަން ދެލައްކަ ތިރީސްނުވަހާސް ދިވެހި ރުފިޔާ ފައިސާއިން ހުރި ކަމަށާއި، އެއީ 50،000 ގެ ފައިސާ ބޮނޑިތަކެއްކަމަށް އޭނާ ކިޔާދިނެވެ. އޭނާ ކިޔާދިން ގޮތުގައި 345 ބޮނޑި އޭގައި ހިމެނެއެވެ.

އެ ފައިސާ ޙަވާލުކުރީ ސިޔާމްގެ ޑްރައިވަރަށްކަމަށްވެސް އޭނާ ކިޔާދިނެވެ.

އޭނާ އޭރު އުޅުނީ މުލިއާގޭގައެވެ. އެގޮތުން ރައީސް ޔާމީނުގެ އަމިއްލަފުޅު ކަންކަމުގައާއި، ފައިސާގެ މުއާމަލާތްތަކާއި ގުޅުންހުރި ކަންކަމުގައި އޭނާއަށް ގުޅުއްވާކަމަށް ބުންޏެވެ. އެކި މީހުންނަށް ދޭން ޖެހޭ ފައިސާއާއި، ބޭންކަށް ޖަމާކުރަންޖެހޭ ފައިސާގެ މުއާމަލާތްތަކާއި ގުޅިގެން ރައީސް ޔާމީނު އޭނާއަށް ގުޅުއްވާކަމަށް އޭނާ ބުންޏެވެ. އެއީ ރަސްމީ ޙައިސިއްޔަތުން ކުރައްވާ މަސައްކަތެއް ނޫންކަމަށްވެސް އޭނާ ކިޔާދިނެވެ.

އޭނާ ފައިސާގެ އަދަދުތަކާ ގުޅޭގޮތުން އެހާ ސީދާ ގޮތެއްގައި ހެކިބަސް ދިންއިރު، އެ މުއާމަލާތް ހިނގި ގޮތް ހަނދާނުގައި ނެތުމުން ދައުލަތުން ސުވާލު އުފައްދާފައިވެއެވެ.

އެ ހެކިވެރިޔާއަކީ ވ އާރަށު މައްސަލައާ ގުޅިގެންވެސް އޭރު ކްރިމިނަލް ކޯޓަށް ހާޒިރުވެ ހެކިބަސް ދިން ފަރާތެކެވެ. އެގޮތުން އެ މައްސަލައިގައި ރައީސް ޔާމީނު ޔޫސުފް ނައީމް އަތުން ނެންގެވި 1 މިލިއަން ޑޮލަރަށްވާ ދިވެހި ފައިސާ ޔޫސުފް ނައީމަށް ޙަވާލު ކުރުމުގެ ކަންކަމުގައި އުޅެފައިވާނެ ކަމަށާއި، އެއީ 15،420،00 ދިވެހި ރުފިޔާކަމަށް ހެކިވެރިޔާ އޭރު ހެކިބަސްދީފައިވެއެވެ.

މިހާރު މިވަނީ މި މައްސަލައިގެ ހެކިބަސް ނެގުމުގެ މަރުޙަލާ ނިމިފައެވެ. ދެން އޮންނާނީ މައްސަލައިގެ ހެއްކާ ގުޅޭގޮތުން ވާހަކަ ދެއްކުމެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: