ސްކައުޓު ހިމެނޭ ގޮތަށް މިފަދަ އެކި ހަރަކާތްތައް ހިންގުމަށް ހާއްސަ ސަމާލުކަމެއް ދެއްވާ ބޭނުންވާ ވަސީލަތްތައް ސަރުކާރުން ފޯރުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ގައުމީ ސްކައުޓު ދުވަހާއި ގުޅިގެން ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ރާއްޖޭގައި މިދިޔަ 69 އަހަރުގެ ތެރޭގައި ބޮޑެތި ކާމިޔާބީތަކެއް ސްކައުޓު ހަރަކާތްތަކުން ހޯދައި ދީފައިވާ ކަމަށެވެ. ކުދި ކަންކަމުން ގޮސް ބޮޑެތި ގައުމީ ކާރިސާތަކުގައިވެސް، ސްކައުޓު ހަރަކާތަކީ ރާއްޖޭގައި ވަރަށް ބޮޑަށް ޝާމިލުވެފައިވާ، އެހީތެރިކަން ދެމުންދާ ހަރަކާތެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިގައުމުގައި ސަކައުޓު ދިރުވާ އަލާކޮށް ވަރުގަދަ ކުރުމަށް ވަރަށް ބޮޑަށް ބޭނުންވެވަޑައިގަންނަވާ ކަމަށެވެ. އަދި ސްކައުޓު ހިމެނޭ ގޮތަށް އެކި ހަރަކާތްތައް ހިންގުމަށް ހާއްސަ ސަމާލުކަމެއް ދެއްވާ ބޭނުންވާ ވަސީލަތްތައ ފޯރުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
”ދާއިމީ ގޮތެއްގައި އިދާރީ މަސައްކަތް ކުރުމާއި، އަދި ހަރަކާތްތައް ހިންގުމަށްޓަކައި ކޭމްޕިންގ އާއި އެކިކަންކަމުގައާއި ޖުމްލަކޮށް އެހެން ހުންނަ ކަންކަމުގައި ކުރެވިދާނެ ކަންކަން ބަލާ، އެކަންކަމަށް ރަނގަޅު ހައްލުތައް ގެންނަން“
މީގެއިތުރަށް ރައީސް ވިދާޅުވީ ސަކައުޓުގެ ހަރަކާތުގެ ވަރަށް ގިނަ ކަންކަން ސަރުކާރުގެ ތެރެއިން ކުރަން ހުރި ކަމަށެވެ. އެގޮތުން ސަރުކާރަށް ކޮށްދެވޭނެ ކަމަކީ މަގުފަހި ކޮށްދިނުން ކަމަށް ރައީސް ވިދާޅުވިއެވެ. އުމްރަނީ ގޮތުންނާއި ފައިސާގެ ގޮތުން ވަސީލަތްތައް ސަރުކާރަށް ފޯރުކޮށްދެވޭނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ސްކައުޓު އެސޯސިއޭޝަންގެ ފަރާތުން ދެއްވާ ލަފާގެ އަލީގައި ސްކައުޓު ހަރަކާތްތައް ހިންގުަމށް ދިމާވެފައިވާ ދަތިތަކާއި ގޮންޖެހުން ތަކުން އަރައިގަތުމަށް ކުރެވޭނެ ކަންކަން ބައްލަވާނެ ކަމަށެވެ.

