ހއ. ބާރަށުގައި ކަނޑުފަތި ގާއިމުކޮށްފިކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރީސޯސަސްއިން ބުނެފިއެވެ.
މި ކަނޑުފަތި ގާއިމުކޮށްފައިވަނި ބާރަށުގެ އިތުރުން 6 ބޭލު ބޭރުގައިކަމަށް އެ މިނިސްޓްރީން ހާމަކޮށްފައިވެއެވެ. އެގޮތުން، މި ވަތު ކަނޑުފަީގެ ނަންބަރަކީ C09V02-01 ކަމަށާއި މި ވަދު ކަނދުފަތި އަޅުވައިފައިވާ ކޯޑިނޭޓަކީ،
- 6°48.100’N
- 73°19.100’E
މިނިސްޓްރީން ބުނެފައިވަނީ، މި ކަނޑުފަތި ގާއިމުކުރުމަކީ ސަރުކާރުގެ މަސްވެރިކަން ތަރައްގީކުރުމުގެ ސިޔާސަތުގެ ދަށުން ކުރެވެމުންދާ މުހިންމު މަސައްކަތްތަކުގެ ތެރެއިން މަސައްކަތެއްކަމަށެވެ. އަދި ކައިރި މުސްތަގުބަލުގައިވެސް ރާއްޖޭގެ އިތުރު ސަރަހައްދުތަކުގެ ކަނދުފަތި ގާއިމުކުރުމަށް މަސައްކަތްކުރާނެކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
މިއަހަަރުގެ ތެރޭގައި ކަނޑުފަތި ގާއިމުކުރުމުގެ މަސައްކަތްތައް މިނިސްޓްރީންކޮށްފައިވެއެވެ. އެގޮތުން، މިިދިޔަ މަހުގެ 28 ވަނަ ދުވަހު، ޅ. ވައްވަރުގެ ހުޅަނގުން 4.2 މޭލު ބޭރުގައި ކަނޑުފަތިއެއްވަނީ މިނިސްޓްރީ އޮފް ފިޝަރީޒްއިން ގާއިމުކޮށްފައެވެ.

