ތިން ގައުމަކަށް ނޮން ރެޒިޑެންޓް ސަފީރުން އައްޔަނު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ފޮނުއްވާފައިވާ މައްސަލަ ދިރާސާ ކުރުމަށް ކަމާއި ބެހޭ ކޮމިޓީއަށް ފޮނުވައިފ އެވެ.
ދިވެހިރާއްޖެއިން ނޭޕާލާއި، އަޔަލޭންޑްގެ އިތުރުން ޔޫކްރޭންއަށް ނޮން ރެޒިޑެންޓް ސަފީރުން އައްޔަނު ކުރުމަށް ފޮނުވާފައި ވަނީ ހާރިޖީ ގުޅުންތަކާއި ބެހޭ ކޮމިޓީއަށެވެ.
އެކި ގައުމުތަކަށް ސަފީރުންނާއި، ނޮން ރެޒިޑެންޓް ސަފީރުން އައްޔަނު ކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއި އެކު އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ނަންތައް ފޮނުވުމުން އެ ނަންތައް ދިރާސާކޮށް ގޮތެއް ނިންމަވާނީ ވެސް މަޖިލިސް މެމްބަރުންނެވެ.
ނިން ރެޒިޑެންޓް ސަފީރުންގެ ގޮތުގައި އައްޔަނު ކުރައްވާނީ، ސަފީރުންގެ ގޮތުގައި މިހާރު ވެސް ތިއްބަވާ ބޭފުޅުންގެ ތެރެއިންނެވެ.
އެގޮތުން ތަޅުމަށް ފޮނުވާފައިވާ ނަންތަކަކީ އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އައިޝަތު އަޒީމާ ނޭޕާލްގައި ހުންނަވާ ނޮން ރެޒިޑެންޓް ސަފީރުކަމަށް، އަދި އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިރުތިޝާމް އާދަމް އަޔަލޭންޑުގައި ހުންނަވާ ނޮން ރެޒިޑެންޓް ސަފީރުކަމަށް އައްޔަނު ކުރުމަށެވެ. އަދި ޔޫކްރެއިންގައި ހުންނަވާ ނޮން ރެޒިޑެންޓް ސަފީރުކަމަށް އައްޔަނު ކުރުމަށް ފޮނުވާފައި ވަނީ އިނގިރޭސިވިލާތަށް ކަނޑަޅާފައި ހުންނަވާ ސަފީރު އިރުތިޝާމް އާދަމް އެވެ.
މީގެއިތުރުން ބެލްޖިއަމްއާއި ޔޫރަޕިއަން ޔޫނިއަންއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ގީލާގެ ނަން ޔޫކްރެއިންގައި ހުންނަވާ ނޮން ރެޒިޑެންޓް ސަފީރުކަމަށް އައްޔަނު ކުރުމަށް ވެސް ވަނީ ފޮނުއްވާފަ އެވެ.

