ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަށާ މަދަދު ލޯނުގެ ދެވަނަ ފިޔަވަހީގެ އެޕްލިކޭޝަން ބަލައިގަތުން ހުޅުވާލަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

އަންހެނުންނަށް ޚާއްޞަ 100 މިލިއަން ރުފިޔާގެ ސްޓާޓްއަޕް ލޯން ސްކީމް, ފަށާ މަދަދު ލޯނުގެ ދެވަނަ ފިޔަވަހީގެ އެޕްލިކޭޝަން ބަލައިގަތުން ހުޅުވާލުމަށް ނިންމައިފިއެވެ.

އެޕްލިކޭޝަން ބަލައިގަތުމަށް ހުޅުވާލުމަށް ނިންމާފައިވަނީ 15 ޖޫން 2025 ގައެވެ.

ޖުމްލަ 100 މިލިއަން ރުފިޔާ ދޫކުރުމަށް ހަމަޖެހިފައިވާ މި ލޯން ސްކީމްގައި ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ 5 ފިޔަވައްސަކަށް ބަހާލެވިގެންނެވެ. މިގޮތުން ކޮންމެ ފިޔަވައްސެއްގައި 20 މިލިއަން ރުފިޔާ ދޫކުރެވިގެންދާނެއެވެ. އަދި މިލޯން ސްކީމްގެ %25 ޚާއްޞަ ކުރެވިފައިވަނީ ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނަށެވެ.

މިއީ، ވިޔަފާރީގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުމަށް އަންހެނުންނަށް ޚާއްޞަ ލޯން ސްކީމެއް ތަޢާރަފުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެން ވައުދާ އެއްގޮތަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ގުޅިގެން ވިޔަފާރީގައި ހަރަކާތްތެރިވާ އަންހެނުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެކުލަވާލާފައިވާ ލޯން ސްކީމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: