ޕޯލެންޑުގެ ރިޔާސީ އިންތިޚާބުން ދެވަނަ ދައުރެއް ކާމިޔާބު ކުރެއްވި އެ ގައުމުގެ އިންތިޚާބީ ރައީސް، ކެރޯލް ނައުރޮކީއަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، އިންތިޚާބީ ރައީސްގެ އިސްނެންގެވުމުގެ ދަށުން ޕޮލެންޑުގެ ރައްޔިތުން އުންމީދުކުރާ ފެންވަރުގެ ކުރިއެރުން ލިބޭނެކަމުގެ ޔަގީންކަން އޮތްކަމަށް ފާހަގަކުރައްވާފައިވެއެވެ. އަދި ޕޮލެންޑުގެ ރިޔާސަތާ ހަވާލުކުރެވިފައިވާ ޒިންމާތައް އަދާކުރެއްވުމުގައި ކާމިޔާބު އެދިވަޑައިގެންފައިވެއެވެ.
މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، އިންތިޚާބީ ރައީސްގެ ދުޅަހެޔޮކަމާއި އުފާވެރިކަމަށް އެދިވަޑައިގެންފައިވާއިރު، ޕޮލެންޑުގެ ރައްޔިތުންނަށް އަމަންކަމާއި ސުލްހަމަސަލަސްކަމަށްވެސް އެދިވަޑައިގެންފައިވެއެވެ.
ދިވެހިރާއްޖެއާއި ޕޮލެންޑާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމުކޮށްފައިވަނީ 1984 ވަނަ އަހަރުއެވެ. އެއަހަރުން ފެށިގެން މިއަދާ ހަމައަށް ވެސް ދެ ޤައުމުގެ ދެމެދުގައި ސިޔާސީ، އިޤްތިޞާދީ އަދި ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދެވެމުން އަންނަކަން ފާހަގަކުރެވެއެވެ.

