ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އދ ގެ 80 ވަނަ އާއްމު މަޖިލީހުގެ ނައިބުރައީސް ކަމަށް ރާއްޖެ ހޮވިއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

އެކުވެރި ދައުލަތްތަކުގެ (އދ) އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ނައިބު ރައީސްގެ މަގާމަށް ދިވެހިރާއްޖެ އިންތިހާބުވެއްޖެއެވެ. މިރޭ ބޭއްވުނު އާންމު މަޖިލީހުގެ ބައްދަލުވުމުގައި، އޭޝިއާ ޕެސިފިކް ގުރޫޕުން އިންތިހާބުކުރި ފަސް ނައިބު ރައީސުންގެ ތެރޭގައި ދިވެހިރާއްޖެ ހިމެނުނެވެ.

ރާއްޖޭގެ އިތުރުން މި މަގާމަށް ބަންގްލަދޭޝް، ލުބުނާން، ސައޫދީ އަރަބިއްޔާ އަދި ޓިމޯ-ލެސްޓް ވަނީ އިންތިހާބުވެފައެވެ. ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، އަންނަ ސެޕްޓެމްބަރު މަހަކީ ރާއްޖެއަށް އދ ގެ މެންބަރުކަން ލިބުނުތާ 60 އަހަރު ފުރޭ މުނާސަބަތު ކަމަށްވާތީ، މި އިންތިހާބުވުމަކީ އިތުރަށް ހާއްސަވެގެންވާ ކަމެކެވެ.

އދ ގެ އާންމު މަޖިލީހުގެ ނައިބު ރައީސުންގެ މައިގަނޑު މަސްއޫލިއްޔަތުގެ ތެރޭގައި، ސެޝަންގެ ރައީސް ނެތް ހާލަތެއްގައި ނުވަތަ ބައްދަލުވުމެއްގައި ބައިވެރިނުވެވޭ ހާލަތެއްގައި ވަގުތީ ރައީސްގެ ހައިސިއްޔަތުން މަސައްކަތްކުރުން ހިމެނެއެވެ. މީގެއިތުރުން، އދ ގައި ހިންގާ މުހިންމު މަޝްވަރާތަކުގެ ރިޔާސަތު ބެލެހެއްޓުމާއި، ސަފީރުންނާއި ތަޖުރިބާކާރުންނާއެކު ބާއްވާ ނުރަސްމީ ޕްލެނަރީ ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓުމުގެ ފުރުސަތު ވެސް ލިބިގެންދާނެއެވެ.

މި އިންތިހާބާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، ”ރާއްޖޭގެ ބައިވެރިންނާ ގުޅިގެން، އާންމު މަޖިލީހުގެ 80 ވަނަ ސެޝަން ކާމިޔާބު ސެޝަނަކަށް ހެދުމުގައި ރާއްޖޭން ފުރިހަމައަށް މަސައްކަތް ކުރާނެ“ ކަމަށެވެ. އަދި ބައިނަލްއަގުވާމީ ގުޅުންތައް ބަދަހިކުރުމުގައި ރާއްޖެ ދެމިއޮންނާނެ ކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ދެއްވިއެވެ.

ރާއްޖޭގެ ނައިބު ރައީސްކަމުގެ ދައުރު ފެށޭނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގައި ކަމަށްވާއިރު، އެއް އަހަރު ދުވަހުގެ މި ދައުރު ނިމޭނީ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: