ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެކްސްޕޯޓް ކުރިއެރުވުމަށް ޔޫއެންޑީޕީއާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޢިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިޔާ ބެހޭ ވުޒާރާ އާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ޢިޤްތިޞާދީ ވުޒާރާގައި ބޭއްވުނު ރަސްމިޔާތުގައި ސޮއިކުރެވުނު މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ އިޤްތިޞާދީ ތަފާތުކުރުމާއި، އެކްސްޕޯޓް ކުރިއެރުވުމާއި، ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިކުރުމެވެ. މީގެ އިތުރުން އަންހެނުންގެ ބާރުވެރިކަން އިތުރުކުރުމަށް އިސްކަންދެވޭނެއެވެ. އަދި މި އެއްބަސްުވުމުގެ ސަބަބުން ޗައިނާ-މޯލްޑިވްސް ފްރީ ޓްރޭޑް އެގްރީމަންޓް އަދި ކުރިއަށް އޮތްތަނުގައި ވެވޭނެ ތުރުކީ-މޯލްޑިވްސް ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓް ފަދަ ވިޔަފާރީގެ އެއްބަސްވުންތަކުގެ ބޭނުން ރަނގަޅަށް ހިފުމަށް މަގުފަހިވެގެންދާނެއެވެ.

މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިޤްތިޞާދީ އެޖެންޑާގެ ދަށުން ބައިނަލް އަޤްވާމީ ވިޔަފާރިއާ އެކްސްޕޯޓް އިތުރުކުރުމަށް އެޅިގެން ދިޔަ މުހިންމު ފިޔަވަޅެއްކަމަށް ވުޒާރާއިން ބުންޏެވެ.

ވުޒާރާގެ ފަރާތުން މައުލޫމާތު ދެމުން ބުނީ މި އެއްބަވުމަކީ ދިވެހިރާއްޖެ ވިލުންވެރި، ހަރުދަނާ އިޤްތިޞާދެއްގެ މައްޗަށް ބިނާވެފައިވާ އަދި ދުނިޔޭގެ ބާޒާރަށް ހުޅުވާލެވިފައިވާ އިޤްތިޞާދަކަށް ހެދުމަށްޓަކައި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގައި، ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް، ދިވެހި ވިޔަފާރި ތަކަށް އަދި ވަކިން ޚާއްޞަކޮށް އެކްސްޕޯޓް ވިޔަފާރިތަކަށް، ހަޤީޤީ ފުރުސަތުތަކެއް ފަހިކޮށްދިނުމަށް، ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެއްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: