ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައިދަރު ދިވެހިރާއްޖެއިން ޖެނީވާއަށް ކަނޑަޅައިފައިވާ އެމްބެސެޑަރާއި ބައްދަލުކުރައްވައިފި

ފޮޓޯ: މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑު ސްކިލްސް ޑރ. އަލީ ހައިދަރު ދިވެހިރާއްޖޭގެ ފަރާތުން ޖެނީވާގައި ކަނޑައެޅިފައިވާ އެމްބެސެޑަރ އަދި ދާއިމީ ރިޕްރެޒެންޓޭޓިވް އޮފް ދަ ރިޕަބްލިކް އޮފް ދަ މޯލްޑިވްސް، ޔުނައިޓެޑް ނޭޝަންސް(ޔޫއެން) ޑރ. ސަލްމާ ރަޝީދާއި ބައްދަލުކުރައްވައިފިއެވެ.

މިނިސްޓަރު އ.ދގެ ދާއިމީ ރިޕްރެޒެންޓޭޓިވްއާއި ބައްދަލުކުރެއްވީ، ސުވިޓްޒަލޭންޑުގެ 2025 ވަނަ އަހަރުގެ އިންޓަނޭޝަނަލް ލޭބާރ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

މި ކޮންފަރެންސްގައި ޖުމްލަ 18 7 ގައުމަކުން ބައިވެރިވާއިރު، މި ކޮންފަރެންސަކީ މަސައްކަތުގެ މާހަައުލުގައި މަސައްކަތްތެރިންގެ ރައްކާތެރިކަން ކަށަވަރުކޮށް މުވައްޒަފުންގެ ހައްދުތައް ހިމާޔަތްކުރުމާޢި ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ކޮންފަރެންސެކެވެ.

މިފަދަ ބައިނަލްއަގްވާމީ ބައްދަލުވުންތަކުގައި ދިވެހިރާއްޖޭގެ ބައިވެރިވުން އޮތުމުގެ ސަބަބުން އެކި ގައުމުތަކުގައި ދިވެހިރާއްޖެ ތަމްސީލުކުރައްވާ ބޭފުޅުންނާއި އެކި ދާއިރާތަކުގެ ތަޖުރިބާކާރު އިސްބޭފުޅުންނާއި ބައްދަލުކުރެވި، ބޭރުގެ ގައުމުތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ތަރައްގީއާއި ކުރިއެރުމަށް ބޭނުންވާ މަސައްކަތްތައް ކުރުމަށް މަގުފަހިވެގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: