1448 ވަނަ އަހަރުގެ އަޟްހާ އީދު ފާހަގަކުރުމުގެ ގޮތުން އުރީދޫ މޯލްޑީވްސްއިން ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ ކަސްޓަމަރުންނަށް ހާއްސަ އޮފާތަކެއް ތައާރަފުކޮށްފިއެވެ.
އުރީދޫން އާންމުގޮތެއްގައި އީދު ދުވަސްވަރާއި ދިމާކޮށް ޕްރޮމޯޝަންތަކެއް ތައާރަފުކުރާއިރު، މިފަހަރުގެ އީދަށް އުރީދޫންއިން އޮފާތައް ފަރުމާކޮށްފައިވަނީ ތަފާތުކޮށެވެ. އެގޮތުން، މި އޮފާތަކަކީ އުރީދޫގެ ކޮންމެ ކަސްޓަމަރަކަށްވެސް ގުޅުން ބަދަހިކޮށް، މަޖާކުރުމާއި ޝެއާކުރުމާއިއެކު ހަލުވި އިންޓަނެޓް ސްޕީޑްގެ ތަޖުރިބާތައް ގެނެސްދެނެވި ގޮތަކަށް އުރީދޫއިން ފަރުމާކޮށްފައިވާ އޮފާތަކެކެވެ.
މި އަހަރުގެ އީދަށް އުރީދޫންއިން ތައާރަފުކުރި އޮފާތަކަކީ،
ހިލޭ ޓިކްޓޮކް: އުރީދޫ އެޕް މެދުވެރިކޮށް އެކްޓިވޭޓް ކުރެވޭ 2 ޖީބީ ހިލޭ ޓިކްޓޮކް ޑޭޓާ ލިބިގެންދާނެއެވެ.
- ހިލޭ ޓިކްޓޮކް: އުރީދޫ އެޕް މެދުވެރިކޮށް އެކްޓިވޭޓު ކުރެވޭ 2 ޖީބީ ހިލޭ ޓިކްޓޮކް ޑޭޓާ
- ސުޕަނެޓް ގޭމާ 100 އެޑް-އޮން: ސުޕަނެޓު މެދުވެރިކޮށް ގޭމް ކުޅޭ ފަރާތްތަކަށް ހާއްސަ އިންޓަނެޓް ސްޕީޑް ބޫސްޓާއެކެވެ. އެއީ، 100 އެމްބީޕީއެސް ސްޕީޑް، ތިން ގަޑިއިރަށް އެންމެ 50 ރުފިޔާ އަށެވެ.
- ވެލިއު ޑެއިލީ ޕެކް: އެއް ދުވަހަށް 125 ޖީބީ ޑޭޓާ. އެގޮތުން، ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ބޭނުންކުރާ ފަރާތްތަކަށް ވެސް އިތުރު ޑޭޓާ ބޭނުންވާނަމަ ޑެއިލީ ވެލިއު ޕެކް ނެގޭނެއެވެ. އެގޮތުން، އެއް ދުވަހަށް 125 ޖީބީ ލިބޭ އެ ޕެކް ގެ އަގަކީ 75 ރުފިޔާ އަށެވެ.
- ވެލިއު ޝެއާ ޕެކް – 100 ޖީބީ: 100 ޖީބީ، އަމިއްލަ ބޭނުންތަކަށް 40 ޖީބީ އަދި ތިމާގެ ދެ މީހަކާ ހިއްސާ ކުރުމަށް 60 ޖީބީ ހިމެނޭ އަދި ޝެއާކުރާ ޑޭޓާ ބަހާލެވޭނީ ދެ ޕްރީޕެއިޑް ނަންބަރަށް ކޮންމެ މީހަކަށް 30 ޖީބީއެވެ.
- މަގޭ ޕްލޭނާއެކު ބޯނަސް ޑޭޓާ: މަގޭ ޕްލޭން އެކްޓިވޭޓް ކޮށްލައިގެން 25 ޕަސަންޓް ބޯނަސް ޑޭޓާ ލިބިގެންދާނެއެވެ. އެގޮތުން، ބޯނަސް ޑޭޓާ ލިބޭ ޕްލޭން ތަކަކީ މަގޭ 450، މަގޭ 500، މަގޭ 600، އަދި މަގޭ 750.
- އާޗާ ޕްލޭންއަށް އީދު ހަދިޔާ: އާޗާ 600 އަދި އާޗާ ޕްލޭން 750 އެކްޓިވޭޓް ކުރާ ފަރާތްތަކަށް ހާއްސަ އީދު ހަދިޔާއެއްގެ ގޮތުގައި އިތުރު 30 ޖީބީ ބޯނަސް ލިބިގެންދާނެއެވެ.
މި އޮފާތަކަކީ އުރީދޫ އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް އެކްޓިވޭޓްކޮށްލެވޭނެ އޮފާތަކެކެވެ.
މިކަމާއި ގުޅިގެން އުރީދޫއިން ބުނެފައިވަނީ، އަޟްހާ އީދުގެ މުނާސަބަތުގައި އުރީދޫގެ ކަސްޓަމަރުން ގުޅިފައި ތިބުމަށާއި، އެކަކު އަނެކަކަށް އުފާވެރިކަން ހިއްސާކުރުމާއި، ހަލުވި ސްޕީޑުގެ ޑިޖިޓަލް ހިދުމަތްތަކުގެ ތަޖުރިބާކޮށްލުމުގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށެވެ.
އުރީދޫ ކުންފުނިއަކީ އީދު ފަދަ މުނާސަބަތުތަކުގައި ކަސްޓަމަރުންނަށް ހާއްސަ އޮފާތައް ތައާރަފުކުރާ ކުންފުނިއެކެވެ. އެގޮތުން، ރަމަޟާން ރޯދަމަހަށް ހާއްސަކޮށްގެންވެސް އުރީދޫއިން ވަނީ ތަފާތު އެކި ޕްރޮމޯޝަންތައް ކުރިއަށް ގެންގޮސްފައެވެ.

