1446ވަނަ އަހަރުގެ އަޟްޙާ ޢީދު ޤައުމީ ފެންވަރުގައި ފާހަގަ ކުރުމަށް ހަމަޖެހިފައިވާ 3 ރަށަށް މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ފަރާތުން ދިއުމަށް ހަމަޖެހިފައިވާ ޓީމުތައް މިއަދު ފުރައިފިއެވެ.
ވުޒާރާގެ ޓީމްތަކުން މި 3 ރަށުގައިވެސް މި އަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމަށް ވެފައިވާ އެންމެ ފަހުގެ ތައްޔާރީތައް ބަލައި ސަރުކާރުން ކަނޑައަޅުއްވާފައިވާ މިންގަޑުތަކަށް ފެތޭތޯ ބައްލަވާނެއެވެ.
ޢީދު ހަރަކާތްތައް ރޭވިފައިވާ ސަރަހައްދުތަކަށް ޒިޔާރަތްކޮށް ކަވަރޭޖުތައް ދުރާގާތުން ގެނެސްދިނުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ވަމުންކަމަށް މިނިސްޓްރީއިން ބުންޏެވެ.
މި އަހަރުގެ އަޟްޙާ ޢީދު ޤައުމީ ފެންވަރެއްގައި ފާހަގަ ކުރުމަށް ހަމަޖެހިފައިވަނީ ތިލަދުންމަތީ އުތުރުބުރީ ކެލާ، މާލެ އަތޮޅު ގުރައިދޫ އަދި ހައްދުއްމަތީ ގަމުގައެވެ.

