ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާފުށީ ޖަލުގައި އުމުރު ދުވަހުގެ ޙުކުމެއްގައި ހުރި ޤައިދީއަކު ނިޔާވެއްޖެ

ކަރެކްޝަން އޮފިސަރުންނާއި، ކުށުގެ ތުހުމަތުގައި ބަންދުގައި ހުރި ގައިދީއެއް ގެންދަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަ (އެމްސީއެސް)ގެ މާފުށީ ޖަލުގައި ޙުކުމް ތަންފީޒު ކުރަމުންދިޔަ ޤައިދީއަކު ނިޔާވެއްޖެއެވެ.

ކަރެކްޝަންސްއިން މައުލޫމާތު ދޭ ގޮތުގައި ނިޔާވެފައިވަނީ ނ. މާފަރު / ހިތްފަސޭހަގެ، މޫސާ ޙަސްން (45އ) އެވެ. އޭނާ ނިޔާވެފައިވަނީ ރޭގެ ވަގުތެއްގައެވެ.

އޭނާއަކީ މަސްތުވާތަކެތީ މައްސަލައެއްގައި 25 އަހަރު ދުވަހުގެ ޖަލު ޙުކުމް ތަންފީޛުކުރަމުން ދިޔަ މީހެއްކަންވެސް ކަރެކްޝަންސްއިން ވަނީ ކަށަވަރު ކޮށްދީފައެވެ. އެގޮތުން ކަރެކްޝަންސްއިން މައުލޫމާތު ދޭ ގޮތުގައި އޭނާއަކީ މިދިޔަ އޭޕްރިލް މަހު އެމަޖަންސީ ޙާލަތުގައި މާލޭ ގެނެސް އައިޖީއެމްއެޗްގައި އެޑްމިޓްކޮށް، ފަރުވާ ދޭން ފެށި މީހެކެވެ. އޭނާ ނިޔާވެފައި ވަނީ 5 ޖޫން 2025ގެ މެންދަމު އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް ހިތް ހުއްޓިގެންނެވެ.

މޫސާ ޙަސަން ނިޔާވުމާ ގުޅިގެން ކަރެކްޝަންސްއިން ވަނީ ވަގުތުން އެކަން މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: