ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް ބޮޑު އީދަށް ހާއްސަ އޮފަރތަކެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް ބޮޑު އީދަށް ހާއްސަ އޮފަރތަކެއް ތައާރަފް ކޮށްފިއެވެ.

މި އޮފަރތަކާއެކު ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް އަދި އަލަށް ސަބްސްކްރައިބްކުރާ ކަސްޓަމަރުންގެ އެންމެހާ ބްރައުޒިން، ސްޓްރީމިން އަދި ސޯޝަލް މީޑިއާގެ ބޭނުންތަކަށް އިތުރު ޑޭޓާ ލިބިގެންދާނެއެވެ. މި އޮފަރތައް ލިބޭ ޕެކޭޖްތަކަކީ:

  • ސަޅި މަންތްލީ x2: މި ޕެކޭޖުން ކަސްޓަމަރުންނަށް ދުވާލަކު 4ޖީބީ އަދި އިތުރު 30ޖީބީ ބޯނަސް ޑޭޓާގެ ގޮތުގައި ލިބޭނެ
  • ސަޅި މަންތްލީ x3: މި ޕެކޭޖުން ކަސްޓަމަރުންނަށް ދުވާލަކު 6ޖީބީ އަދި އިތުރު 45ޖީބީ ބޯނަސް ޑޭޓާގެ ގޮތުގައި ލިބޭނެ
  • މަންތްލީ 450: މި ޕެކޭޖުން ކަސްޓަމަރުންނަށް 30ޖީބީ އަދި އިތުރު 7ޖީބީ ބޯނަސް ޑޭޓާގެ ގޮތުގައި ލިބޭނެ
  • މަންތްލީ 500: މި ޕެކޭޖުން ކަސްޓަމަރުންނަށް 35ޖީބީ އަދި އިތުރު 8ޖީބީ ބޯނަސް ޑޭޓާގެ ގޮތުގައި ލިބޭނެ
  • މަންތްލީ 600: މި ޕެކޭޖުން ކަސްޓަމަރުންނަށް 50ޖީބީ އަދި އިތުރު 12ޖީބީ ބޯނަސް ޑޭޓާގެ ގޮތުގައި ލިބޭނެ
  • 100ޖީބީ 30 ދުވަހަށް: މި އެޑް-އޮން އެކްޓިވޭޓްކުރާ ކަސްޓަމަރުންނަށް 100ޖީބީ އަދި އިތުރު 25ޖީބީ ބޯނަސް ޑޭޓާގެ ގޮތުގައި ލިބޭނެ

މި ހުރިހާ އޮފަރތަކެއް ވެސް 10 ޖޫން 2025ގެ ކުރިން ދިރާގު ކަސްޓަމަރުންނަށް އެކްޓިވޭޓްކުރެވޭނެއެވެ. އަދި، އަޕްގްރޭޑްކުރަން ބޭނުންވާ ކަސްޓަމަރުންނަށް ދިރާގުއެޕް މެދުވެރިކޮށް ފަސޭހަކަމާއެކު އަޕްގްރޭޑްކޮށްލެވޭނެކަމަށް ދިރާގުން ބުނެއެވެ.

ދިރާގަކީ ރާއްޖޭގައި ތަފާތު ގިނަ ޕްރޮމޯޝަންތައް ހިންގައި، ހެޔޮ އަގުގައި ގިނަ އޮފަރތަކާއި އަގުހުރި އިނާމުތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދެމުންދާ ކުންފުންޏެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: