ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސައިކަލެއް ވަގަށް ނެގިކަމުގެ ތުހުމަތުގައި ހައްޔަރުކުރުމުން ބުނީ ރައްޓެއްސަކު ދިން ސައިކަލެއްކަމަށް!

ކްރިމިނަލް ކޯޓު އިމާރާތް
ޝެއާރކޮށްލާ ކަހަލަދޯ؟

ސައިކަލެއް ވަގަށް ނެގިކަމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ 42 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާގެ މައްޗަށް ކޮށްފައިވަނީ ވައްކަމުގެ ކުށުގެ ތުހުމަތެވެ.

އޭނާ ހައްޔަރުކުރުމަށްފަހު ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އޭނާ 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައެވެ. އެހެންކަމުން އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ 21 ޖޫން 2025 ގައެވެ.

މި މައްސަލައިގެ ބަންދާމެދު ގޮތެއް ނިންމުމުގެ މަޖިލީހުގައި އޭނާގެ ފަރާތުން ބުނެފައިވަނީ އޭނާ ވަކީލެއްގެ ފުރުސަތު ބޭނުން ނުވާ ކަމަށާއި، އޭނާ ދުއްވި ސައިކަލަކީ ރައްޓެއްސަކު ދިން ސައިކަލެއްކަމަށެވެ. އަދި އެއީ ވަގަށް ނަގާފައިވާ ސައިކަލެއްކަން ނޭނގޭކަމަށްވެސް އޭނާގެ ފަރާތުން ބުނެފައިވެއެވެ.

އެއީ އޭނާގެ ރައްޓެއްސަކު ދިން ސައިކަލެއްކަމަށް ބުނި ނަމަވެސް، އެއީ ކާކުކަމާއި، އެމީހާއަށް ގުޅޭނެ ގޮތެއްވެސް އޭނާއަށް ކިޔާދެވިފައި ނެތްކަމަށް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ. އަދި މިދިޔަ މަހުގައިވެސް ވަގަށް ނަގާފައިވާ ސައިކަލެއް ދުއްވަނިކޮށް އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.

އޭނާއަކީ އެ ބާވަތުގެ ހައްޔަރު އަދި ބަންދު ރެކޯޑުވެސް އޮންނަ މީހެކެވެ.

ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށް އޭނާ ކުރިކަމަށް ކޮންމެވެސް މިންވަރެއްގެ ހެކިވެސް ހުށަހެޅިފައިވެއެވެ. އަދި އޭނާ ބަންދު ކުރުމަށް އަމުރުކޮށްފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59 ވަނަ މާއްދާއާއި 60 ވަނަ މާއްދާ އަދި ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާއިދަށްވެސް ބެލުމަށްފަހުއެވެ.

ކްރިމިނަލް ކޯޓުގައި މި އަމުރު ނެރުއްވީ ގާޒީ އިބްރާހިމް ޒިހުނީއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: