ކޮންމެ އަތޮޅެއްގައި މަދުވެގެން ޑައިލިސިސް ސެންޓަރެއް ތަރައްޤީކޮށް ޚިދުމަތް ދޭން ފަށާނެކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ވިދާޅުވީ އަތޮޅު ތެރޭގައި ދިރިއުޅޭ ރައްޔިތުން ޑައިލިސިސް ޚިދުމަތް ހޯދުމަށް މާލެއަށް އަންނަން ޖެހޭ ޖެހުމަކީ ދަތިކަމެއްކަމަށެވެ. މިކަމަށް ހައްލެއް ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތެއްކަމަށް ފާހަގަކުރެއްވިއެވެ.
އެހެންކަމުން ޑައިލިސިސް ހިދުމަތް ފުޅާކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށ، ާއެގޮތުން އެންމެ ފުރަތަމަވެސް ނިންމާފައިވަނީ ރާާއްޖޭގެ ހުރިހާ އޮތޮޅެއްގައިވެސް މަދުވެގެން އެއް ޑައިލިސިސްގެ ސެންޓަރެއް ތަރައްޤީކުރުމަށްކަމަށްކަމަށް ވިދާޅިުވިއެވެ. ސަރުކާރުގެ އަމާޒަކީ ސެޕްޓެމްބަރު މަހާ ހަމައަށް މި އަމާޒަށް ވާސިލްވުމެވެ.
”މަދު އަތޮޅެއް ފިޔާވާ ހުރިހާ އަތޮޅެއްގައިވެސް މިހާރު މި ޚިދުމަތް ވާނީ ފަށާފައިކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. ވަކި އަދަދަކަށްވުރެ ޑައިލިސިސް ޕޭޝަންޓް ގިނަ ރަށްތައް، ބަލާ އެ ރަށްތަކަށް އަމާޒުކޮށްގެން މަސައްކަތް ކުރުމަށް އިސްކަން ދޭނެކަމަށްވެސް ވިދާޅުވިއެވެ.
އެންމެ ފަހުން ޑައިލިސްގެ ޚިދުމަތް ފަށާފައިވަނީ ނ. ވެލިދޫ ޞިއްޙީ މަރުކަޒު، މ. މުލީ ރީޖަނަލް ހޮސްޕިޓަލް، ތ. އަތޮޅު ހޮސްޕިޓަލް އަދި ގއ. އަތޮޅު ހޮސްޕިޓަލެވެ. މި ރަށްތަކުގައި ޑައިސިސްގެ ހިދުމަތް ފައްޓަވާ ދެއްވީ ވޯލްޑް ހެލްތް ޑޭ ފަންކްޝަންގައި ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒެވެ.

