ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަންނެލި މަސްވެރިންގެ ފެސިލިޓީ ހުޅުމާލެއަށް!

ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކަންނެލި މަސްވެރިންނަށް ބޭނުންވާ ފެސިލިޓީ ގާއިމުކުރާނީ ހުޅުމާލޭގައިކަމަށާއި އެކަމަށް ބޭނުންވާ މާލީ އިންތިޒާމުތައް ހަމެޖެހިފައިވާކަމަށް ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް ކަންނެލި މަސްވެރިކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މިނިސްޓަރ ޝިޔާމް ވިދާޅުވީ، މީގެ ކުރިން އެ ދާއިރާގެ މަސްވެރިންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލުތަކެއް ހޯދައިދިނުމުގެ ގޮތުން ކަނޑުއޮށްގިރީގައި މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ. ނަމަވެސް ސިފައިންގެ ބޭނުމަށް އެތަން ނެގުމާއިއެކު ކަންނެލި މަސްވެރިކަން ކުރައްވާ ފަރާތްތަކުން އެދިވަޑައިގަންނަވާފަދަ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތްތައް ހުޅުމާލެއަށް ބަދަލުކުރެވި ފެށުމާއި ގާތުގައިވާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، އެކަމުގެ މާލީ އިންތިޒާމުތައް ހަމަޖެހިފައިވާކަމަށާއި ބިމެއް ކަނޑައެޅުމުގެ މަރުހަލާ ކުރިއަށްދާކަމަށެވެ. އެހެންކަމުން ވަރަށް އަވަސް މުސްތަގުބަލެއްގައި ފެސިލިޓީ ގާއިމުކުރުމަށް ހުޅުވާލެވިގެންދާނެއިރު މިކަމުގެ ސަބަބުން ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ލުއިތަކެއް ލިބިގެންދާނެކަމަށް ފާހަގަކުރެއްވިއެވެ.

މި ފުރުސަތުގައި ޝިޔާމްވަނީ މަސް ބަންދުކުރުމުގެ މަސައްކަތްކުރާ ކޭނަރީތަކާއި ގުޅޭގޮތުންވެސް މައުލޫމާތު ދެއްވާފައެވެ. މިނިސްޓަރ ވިދާޅުވީ، އެ މަސައްކަތްތައް ފުރިހަމަކުރެވިގެންދިއުމަކީ ދާއިރާ މެދުވެރިކޮށް ރާއްޖެއަށް ލިބިގެންދާ މަންފާ އިތުރުވެގެންދާނެ ކަމެއް ކަމަށެވެ. މިގޮތުން ކޭނަރީތަކުގެ މަސައްކަތްތައް ނިމުމާއިއެކު މިހާރަށްވުރެ 90 އިންސައްތަ އިތުރަށް ޕްރޮސެސްކުރެވޭނެކަމަށާއި މިކަމަކީ ސަރުކާރުގެ އެއް އަމާޒުކަމަށްވެސް މައުލޫމާތު ދެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: