ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

1 މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެއަށް؛ މިއީ މިހާ އަވަހަށް މިލިއަނެއް ހަމަވި ފުރަތަމަ ފަހަރު!

ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރި 1 މިލިއަން ވަނަ ފަތުރުވެރިޔާ/ ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރި 1 މިލިއަން ވަނަ ފަތުރުވެރިޔާއަށް ޓޫރިޒަމް މިނިސްޓްރީއާއި، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިކޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން މަރުހަބާ ކިޔައިފި އެވެ.

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް މިނިސްޓްރީއާއި، އެމްއެމްޕީއާރުސީން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން ރާއްޖެ އައު މާކެޓުތަކަށް ޕްރޮމޯޓު ކުރުމާއި، އެކި ގައުމުތަކުން ރާއްޖެއަށް ޓްރާންސިޓްވެގެން އަންނަން ޖެހޭތީ، ދިމާވާ ދަތިތައް ހައްލުކޮށް ޑައިރެކްޓް ފްލައިޓުތަކަށް އިތުރު ކުރުމަށް ފިޔަވަޅު އެޅުން ހިމެނެ އެވެ.

އަހަދު ދެބައިވީ އިރު، ރާއްޖެއަށް އެއް މިލިއަން ފަތުރުވެރިޔާ މިހާ އަވަސް ތާރީހެއްގައި އައި މިއީ ފުރަތަމަ ފަހަރެވެ. އަދި މިދިޔަ އަހަރު ލިބުނު ކާމިޔާބީތަކާއި އެކު ސަރުކާރުގެ އަމާޒަކީ މި އަހަރު ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ގެނައުމެވެ.

ޓޫރިޒަމް މިނިސްޓްރީން 1 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔާފައި ވަނީ އިއްޔެ އެވެ. އަދި މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ، ރާއްޖެއަށް އައި 1 މިލިއަން ވަނަ ފަތުރުވެރިޔާއައީ އިންޑިއާއިން ކަމަށެވެ. އެގޮތުން އިންޑިގޯގެ ފްލައިޓުން އައި އެ ފަތުރުވެރިޔާ ރާއްޖެ އައިސްފައި ވަނީ އޭނާގެ ބައިވެރިޔާއާއި އެކު، ކައިވެންޏަށް ފަހު ޗުއްޓީ ހޭދަ ކުރުމަށެވެ.

ކާޖަލް ސިން ނަމަކަށް ކިޔާ އެ ފަތުރުވެރިޔާ މައުލޫމާތު ދިން ގޮތުގައި، މިއީ އޭނާ ރާއްޖެއަށް އައި ފުރަތަމަ ފަހަރެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ ވިދާޅުވެފައި ވަނީ، މި ލަނޑުދަޑިއަކީ ރާއްޖެވަންތަ ގޮތަކަށް ރާއްޖޭގެ ފަތުރުވެރިކަން ބޭރުދުނިޔެއަށް އިޝްތިހާރުކުރުމަށް ކުރަމުންދާ ގިނަގުނަ މަސައްކަތް ފުރިހަމައަށް ރަމްޒުކޮށްދޭ، ދިވެހިން ފަހުރުވެރިވާ ފަދަ ކާމިޔާބީއެއް ކަމަށެވެ. މީ

ގެ އިތުރުން، އަހަރުގެ މިހާ ކުރީކޮޅު ރާއްޖެއަށް 1 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރުމަކީ ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި ހިތްގައިމުކަމާއި، ދިވެހީންގެ މެހުމާންދާރީ، ދުނިޔޭގެ އެކިކަންކޮޅުތަކުން ބަލައިގެންފައިވާކަމުގެ އަލިގަދަ ހެއްކެއް ކަމުގައި ފާހަގަކުރެއްވިއެވެ. އަދި މިކާމިޔާބީ ހާސިލުކުރުމަށް މަގުފަހިކޮށްދީފައި ވަނީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ހީވާގި މަސައްކަތްތެރިންގެ ބުރަ މަސައްކަތުންކަން ފާހަގަކޮށް އެފަރާތްތަކަށް މިނިސްޓަރ ޝުކުރު ދަންނަވާފައެވެ.

މިނިސްޓްރީން ބުނި ގޮތުގައި މި އަހަރުގެ 1 މިލިއަން ފަތުރުވެރިޔާ ޒިޔާރަތްކުރުމަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް ފަޚުރުވެރި ދަނޑިވަޅެކެވެ.

މިއީ އެމްއެމްޕީއާރުސީގެ ސްޓްރެޓެޖިކް ޕްރޮމޯޝަނަލް މަސައްކަތްތަކުން އުފެދިފައިވާ މޮމެންޓަމް ރަމްޒުކޮށްދޭ ކަމެކެވެ. ދާދި ފަހުން ބޭއްވި އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) 2025 ގައި ދިވެހިރާއްޖެއިން ހޯދި ކާމިޔާބީގެ މައްޗަށް ބިނާކޮށް، މި މުހިންމު މައިލްސްޓޯން އިން ދައްކުވައިދެނީ ރާއްޖޭގެ ގްލޯބަލް ވިޒިބިލިޓީގެ ވަރުގަދަކަމާއި ހަދާފައިވާ މުހިންމު ޕާޓްނާޝިޕްތަކުގެ ނަތީޖާއެވެ.

މި މަސައްކަތްތަކާއެކު، މިހާރު ކުރިއަށްދާ ސަމަރ ސޭލް ކެމްޕޭނުން، އެމްއެމްޕީއާރުސީގެ ސްޓްރެޓެޖީއާއެކު ޔޫރަޕާއި މުހިންމު ބައިނަލްއަޤްވާމީ މާކެޓްތަކުގައި، ރާއްޖޭގެ ބްރޭންޑް ޕްރެޒެންސް އިތުރުކޮށް، ސަމަރ އަދި ކުރިއަށް އޮތް ވިންޓަރ މޫސުމަށް ކުރިއާލާ ފަތުރުވެރިން ރާއްޖެއަށް އައުމަށް ހިތްވަރު ދޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: