ލ. ގަން ލިންކު ރޯޑުގައި ކާރަކާއި ސައިކަލެއް ޖެހި އާދިއްތަ ދުވަހު ހިނގި އެކްސިޑެންޓުގައި އަނިޔާވި އެކަކަށް އިތުރުފަރުވާ ދިނުމަށް މާލެ ގެނެސްފިއެވެ.
އެއާ އެމްބިއުލާންސްގައި، މާލެ ގެނެސްފައި ވަނީ އެ އެކްސިޑެންޓުގައި އަނިޔާވިި ދެ ފިރިހެނުންގެ ތެރެެއިން އެކަކެވެ. މި އެކްސިޑެންޓުގައި އެ މީހާގެ ބޯފަޅައިގެން ގޮސް އިތުރު އަނިޔާތަކެއް ވެފައިވާއިރު، ކޮނޑުހުޅާ ދިމާލުން ވަނީ ބިންދައިގެން ގޮސްފައެވެ.
އާދިއްތަ ދުވަހުގެރޭ ހަތެއް ޖަހާއެހާކަންހާއިރު އެކްސިޑެންޓް ހިނގީ ލިންކު ރޯޑުގައި އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ކާރަކާއި ސައިކަލެއް ޖެހިގެންކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ. މި އެކްސިޑެންޓުގައި އެ ސައިކަލްގައި ތިބި ދެ ފިރިހެނުންގެ ވެސް ބޯފަޅައިގެން ގޮސް ފައި ބިނދިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވި 62 އަހަރުގެ ދިވެހި ފިރިހެންމީހާ އަށް އަނިޔާވެފައިނުވާ ކަމަށެވެ. މިއެކްސިޑެންޓުގައި ހިމެނޭ ސައިކަލާއި ކާރަށް ވެސް އެކި ވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ. ފުލުހުން ގެންދަނީ މި މައްސަލަ ތަހުޤީޤު ކުރަމުންނެވެ.

