ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގެ ނޯތު ހާބަރު ތަރައްޤީކުރުމުގެ މަސައްކަތް އެމްޕީއެލްއަށް!

މާލޭގެ ނޯތު ހާބަރު ތަރައްޤީކުރުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓާ އެމްޕީއެލް އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުން/ ފޮޓޯ: ޓްރާންސްޕޯޓު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ނޯތު ހާބަރު ސަރަޙައްދު ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ހަރުދަނާކަމާއެކު ދެމެހެއްޓެނިވި ނިޒާމެއްގެ ދަށުން ހިންގުމަށްޓަކައި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި (އެމްޕީއެލް) ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގައި ބޭއްވުނު މިރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ކެޕްޓަން ޢަބްދުލް ލަތީފް މުޙައްމަދެވެ. އަދި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯ މުޙައްމަދު މުޢީނެވެ. މި އެއްބަސްވުމުގެ ދަށުން، މާލޭގެ ނޯތު ހާބަރު ސަރަޙައްދު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާނެ ގޮތާއި، އެ ސަރަޙައްދު ބެލެހެއްޓުމުގެ ޒިންމާތައް ކަނޑައެޅިގެންދާނެއެވެ. މިއީ ރާއްޖޭގެ އެންމެ މުޙިއްމު ވިޔަފާރި ބަނދަރުގެ ގޮތުގައިބެލެވޭ މާލޭ ނޯތު ހާބަރުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ފުޅާކުރުމަށް އެޅޭ މުޙިއްމު ފިޔަވަޅެކެވެ.

މި މަޝްރޫޢުގެ ސަބަބުން މާލޭގެ ނޯތު ހާބަރުގެ ޚިދުމަތްތައް އިތުރަށް ޙަރުދަނާވެ، ރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓް ވިޔަފާރިއަށް ފަހި ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ. އަދި މިކަމުގެ ސަބަބުން ޤައުމުގެ އިޤްތިޞާދަށް އިތުރުކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށްވެސް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: