ވޭތުވެދިޔަ ކުރު މާޒީގައި ރަށުގެ ތަރައްގީއާއި ކުރިއެރުމަށް ހަރުދަނާ އަދި ހަލުވި ފިޔަވަޅުތަކެއް އަޅާފައި އެބަހުރިކަމަށް ހޯރަފުށި ކައުންސިލުގެ ސެކެޓަރީ ޖެނެރަލް މުހައްމަދު ޝާހިރު ވިދާޅުވެއްޖެއެވެ.
”ސަންގުޓީވީ“ އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޝާހިރު ވިދާޅުވީ، ކައުންސިލުގެ އިސްނެންގެވުމާއި ސަރުކާރުގެ އެއްބާރުލުމާއިއެކު ރަށުގެ އިޖުތިމާއި އަދި އުމްރާނީ ތަރައްގީގެ އިތުރުން އެހެނިހެން ތަރައްގީ ގެނައުމުގައި އާއި ރަށުގެ ރައްޔިތުންނަށް ދެވޭ ހިދުމަތްތައް ރަނގަޅުކުރުމުގައި ވަރަށް މުހިންމު މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ.
ޝާހިރު ވިދާޅުވީ ވޭތުވެ ދިޔަ 5 އަހަރުގެ ތެރޭގައި ހއ. އަތޮޅުގެ ސަރަހައްދަށް ލިބުނު އެންމެ ބޮޑު އެއް ކުރިއެރުމުގެ ތެރޭގައި ހޯރަފުށި އެއާޕޯޓު ގާއިމުކުރުން ހިމެނޭކަމަށާއި އެކަމުގެ ސަބަބުން އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ވެސް ވަރަށް ބޮޑު ކުރިއެރުމެއް ހޯރަފުއްޓާއި ހއ. އަތޮޅަށް ލިބިގެން ދިޔަކަމަށެވެ.
ވަރަށް ގިނަ ކުދިންތަކަކަށް ވަޒީފާގެ ފުރުސަތު ލިބިގެންދިޔަ، އޭގެ އިތުރަށް، އީދު ކަހަލަ ހަރަކާތްތަކުގަ މޫސުން ސަަކަރާތްވިޔަސް، ރަށަށް އަދި އެހެނިހެން ރަށްރަށުގެ ބޭފުޅުންނަށްވެސް ފަސޭހަކަމާއިއެކު ދަތުރުމިކުރެވެނީ ހަގީގަތުގައި އީދުގެ މި ހަރަކާތްތަކަށްވެސް އެއާޕޯޓުގެ ފަސޭހަކަމާއިއެކު..
ޝާހިރު ވިދާޅުވީ ހޯރަފުށި އެއާޕޯޓުގެ ސަބަބުން އެ ރަށަށް ރަނގަޅު އަސަރުތައް ކުރާކަމަށެވެ. އެގޮތުން، ހޯރަފުށީގައި ދިރިއުޅޭ ޒުވާނުންނަށް އެއާޕޯޓުން ވަޒީފާގެ ފުރުސަތުތައް ފަހިވެ، އިގްތިސާދީ ގޮތުން މުޅި ރަށަށް ފައިދާކުރާކަމަށް ވިދާޅުވިއެވެ.
ޝާހިރު ވިދާޅުވީ، ހޯރަފުއްޓަށް ލިބުނު އިތުރު ތަރައްގީގެ ތެރޭގައި ރަށުގައި ހުރި ބޮޑުމަގުތަކުގައި ތާރައެޅުމާއި ރަށަށް ބޭނުންވާ އެހެނިހެން މުހިންމު އިންފްރާސްޓަރަކްޗަރ ހިމެނޭކަމަށެވެ.
މީގެއިތުރުން، ޝަރީހު ވިދާޅުވީ ހޯރަފުއްޓަށް އެންމެ ބޭނުންޖެހިފައިވާ އެއް ތަރައްގީއަކީ ހޮސްޕިޓަލެއް ގާއިމުކުރުމުގެ ޕްރޮޖެކްޓުކަމަށްވާއިރު، އެކަން ހާގީގަތަކަށް ހެދުމަށްޓަކައި މީގެ ކުރީ ސަރުކާރުންވަނީ ހޮސްޕިޓަލެއް ބިނާކުރުމުގެ އަމަލީ މަސައްކަތް ފައްޓަވައިފައިކަމަށެވެ. އަދި އެކަމަށްޓަކައި ބޭނުންވާ ބަޖެޓު މިހާރު ހަމަޖެހިފައިވާއިރު ހޯރަފުށި ދާއިރާގެ މެމްބަރުންގެ އެއްބާރުލުމާއިއެކު އެ މަސައްކަތް ކުރިއަށް ދާކަމަށްވެސް ޝަރީހު ވިދާޅުވިއެވެ.
ހޯރަފުށީގެ އުމްރާނީ ތަރައްގީއަށް ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި ފާހަގަކޮށްލެވެނީ މަގު ހެދުމުގެ ދާއިރާއެވެ. އެގޮތުން، ހޯރަފުށި މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަވަނަ ފިޔަވަހީގެ މަސައްކަތް ފަށާފައިވަނީ 2024 ވަނަ އަހަރުގެ އޭޕްރިލު މަހުގައެވެ.

