ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުޅަނދުތަކަށް ރައްކާތެރިކަން ކަށަވަރުކުރެވޭނެ ނިޒާމެއް ތަޢާރަފް ކުރަނީ

މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީންއާއި ސުވާލު ކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ދުއްވާ އުޅަނދުތަކަށް ރައްކާތެރިކަން ކަށަވަރުކުރެވޭނެ ނިޒާމެއް ތަޢާރަފް ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

މިކަމާއި ގުޅޭ މައުލޫމާތު ދެއްވަމުން އަމީން ވިދާޅުވީ ރާއްޖޭގައި ބޭނުންކުރަމުންދާ އުޅަނދުތަކުގެ ގިނަކަމާއި ބަލާއިރު، ރައްކާތެރިކަން ފޯރުކޮށްނުދޭކަމަށެވެ. ހުރިހާ އުޅަނދުތަކެއް ފުލުހުން ބެލެހެއްޓުމަކީ ޕްރެކްޓިކަލް ކަމެއް ނޫންކަމަށާއި، އުޅަނދު ކިރިޔާ މޫވް ކޮށްލާއިރަށް، ވެރި ފަރާތަށް އެނގޭނެ ކަހަލަ ނިޒާމު މިހާރު ދުނިޔޭގައި އެބަހުރިކަމަށެވެ. އެ ޓެކްނޮލޮޖީ ރައްޔިތުންނަށް ގެނެސްދިނުމަކީ ސަރުކާރުގެ ޒިންމާއެއްކަމަށް އޭނާ ވިދާޅުވިއެވެ.

މިއީ ގިނަ ފައިދާތަކެއް ކުރާނެ ނިޒާމެއްކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ، . އޭގެ ތެރޭގައި ޤަވާއިދުތައް ތަންފީޒުކުރުމަށް ތަންފީޒީ އިދާރާތަކަށް ލުއިފަސޭހަކަން ލިބުން ހިމެނޭކަމަށެވެ. އަދި އުޅަނދުތަކަށް ލިބޭ ގެއްލުމުން ސަލާމަތްވާނެކަމަށްވެސް ވިދާޅުވިއެވެ.

އާރްއެފްއައިޑީގެ ޓެކްނޮލޮޖީގެ ބޭނުން ކުރެވިއްޖެނަމަ ވަގު ނަންބަރު ޕްލޭޓް އަޅުވައިގެންވެސް ނޫޅެވޭނެކަމަށް ވިދާޅުވިއެވެ. އަދި އެލާމް ސިސްޓަމްތައްވެސް ގާއިމްކުރެވޭނެކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ސްޕީޑް ކޮންޓްރޯލް ނުކުރެވޭހާ ބާރަށް ދުއްވަނީކަމަށްވާނަމަވެސް އިދާރާތަކަށް އިނގޭނެކަމަށް ވިދާޅުވިއެވެ.

ގްރޭޓާ މާލެ ސަރަހައްދުގެ ތޮއްޖެހުމުގެ މައްސަލަ ހައްލުކޮށް މަގުތަކަކީ އަމާން ތަނަކަށް ހެދުމަށްޓަކާ ސަރުކާރުން ވަނީ ”މާލެ ފަހި“ ނަމުގައި ބޮޑު މަޝްރޫއުއެއް އިފްތިތާހުކޮށްފައެވެ.

މި ޕްރޮގްރާމް ރާވައި ތަންފީޒު ކުރަނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުންނެވެ.

މި ޕްރޮގްރާމުގައި ހިމެނޭ ގިނަ ކަންކަމަކީ، މާލޭގެ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށް މީގެ ކުރިން އެކުލަވާލި ”އާބަން ޓްރެފިކް ޑީ ކޮންޖެސްޝަން މެނޭޖްމަންޓް ކޮމިޓީ“ގެ ލަފަޔާއި މަޝްވަރާއާއެކު އެކުލަވާލި ޕްލޭނުގައިވާ ހަރަކާތްތަކެކެވެ. މި ކޮމިޓީގައި ހިމެނޭ އިދާރާތަކުގެ ތެރޭގައި ޓްރާންސްޕޯޓް މިނިސްޓްރީ، ސިފައިންނާއި ފުލުހުން އަދި ކަސްޓަމްސް ހިމެނެއެވެ.

މާލެ ފަހި ޕްރޮގްރާމް ކުރިއަށް ގެންދަން ނިންމާފައި ވަނީ ތިން މަރުހަލާއަކަށް ބަހާލައިގެންނެވެ. އެއީ:

  • ޤާނޫނާއި ގަވާއިދުގެ ތެރެއިން ވެހިކަލް ރަޖިސްޓްރީކުރުމާއި އުޅަނދުގެ އަދަދު ކޮންޓްރޯލްކުރުން
  • ޕަބްލިކް ޓްރާންސްޕޯޓްގެ ވަޞީލަތްތައް އިތުރަށް ހަރުދަނާކޮށް ތަރައްގީކުރުން
  • މަގުތަކަކީ ދަތުރުފަތުރާއި ހިނގައި ބިނގާވެއުޅެން ރައްކާތެރި އަދި ފަސޭހަ އަމާން ތަންތަނަށްހެދުން

މި ޕްރޮގްރާމުގެ ދަށުން މާލޭސިޓީ ކައުންސިލުން ވަނީ، އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދޭނެ އަދަދާއި، އުޅަނދު ބޭނުންކުރެވޭނެ މުއްދަތު ކަނޑައެޅުމުގެ މަސައްކަތް ފަށާފައެވެ. މިނިސްޓްރީން ބުނީ ވަކި ރަށެއް، ސިޓީއެއް ނުވަތަ ސަރަހައްދެއްގައި އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދޭނެ އަދަދާއި، އުޅަނދު ބޭނުންކުރެވޭނެ މުއްދަތު އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލުން ކަނޑައަޅަންވާނެކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާކަމަށެވެ.

ނަމަވެސް މިހާތަނަށް އެ ގަވާއިދު ތަންފީޒުކުރެވިފައި ނުވާ ސަބަބަކީ، އެއީ ތަންފީޒުކުރުމަށް އެކަށޭނެ މިންގަޑަށް ނުފެތޭ ގޮތަށް ހަދާފައިވާ ގަވާއިދަކަށް ވާތީ ކަމަށާއި އެގަވާއިދު އިސްލާހުކޮށް، މިދިޔަ މާޗު މަހުގެ ތެރޭގައި ގެޒެޓްކޮށްފައި ވާނެކަމަށް މިނިސްޓްރީން ބުންޏެވެ.

މާލޭގެ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށް ގާރާޖުގެ ވެރިފަރާތަށް ނޭނގި ވެހިކަލް ރަޖިސްޓްރީކުރުމާއި އެހެނިހެން ވިޔަފާރި ކުރުމަށް ގަރާޖް ރަޖިސްޓްރީކުރުން ނިމުމަކަށް ގެންނަން ވެސް މިނިސްޓްރީން ވަނީ ނިންމާފައެވެ. އެގޮތުން، ސިޓީ ކައުންސިލުން ގަރާޖެއްގެ ގޮތުގައި ރަޖިސްޓްރީކޮށްދޭ ޖާގަ އަދި އިކޮނޮމިކް މިނިސްޓްރީން ވިޔަފާރީގެ ގޮތުގައި ރަޖިސްޓްރީ ކޮށްދެވޭ ތަންތަނުގެ މައުލޫމާތު އެއް ވިއުގައެއްގެ ތެރެއިން އިދާރާތަކަށް ފެންނާނެ އިންޓަގްރޭޓެޑް އިންފޮމޭޝަން ސިސްޓަމެއް ޤާއިމްކުރުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށާފައެވެ.

މީގެ އިތުރުން،އާރުޓީއެލް ބަސްތަކަކީ މާލެ އަދި ހުޅުމާލޭގައި ދުއްވުމަށް އެކަށޭނެ ކުދި ސައިޒުގެ ބަހަށް ބަދަލުކުރުމަށް ވެސް މިނިސްޓްރީން ވަނީ ނިންމާފައެވެ. މީގެ ތެރެއިން ބަސް ރޫޓުތަކުގެ ފްރީކުއެންސީ އިތުރުކޮށް ޝެޑިއުލްއާ އެއްގޮތަށް ބަހަށް ދަތުރުކުރެވޭނެ ގޮތް ހަމަޖައްސާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ ބުނެފައެވެ.

އެ މިނިސްޓްރީން ފާހަގަކުރި ގޮތުގައި، ގްރޭޓާ މާލެ ސަރަޙައްދުގައި މިވަގުތު 118,000 އަށްވުރެ ގިނަ އުޅަނދު ރަޖިސްޓްރީ ކޮށްފައިވެއެވެ. އަދި ދެ ފުރޮޅުލީ އުޅަނދުގެ 70 ޕަސަންޓަކީ މާލޭ ސަރަހައްދަށް ރެޖިސްޓާކޮށްފައިވާ އުޅަނދުކަން ވެސް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

މީގެ ކުރިން ވެސް އިދާރާތަކުން ގުޅިގެން މާލޭގެ ތޮއްޖެހުން ހައްލުކުރުމަށް މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އެގޮތުން މަގުތަކުގައި ބޭނުން ނުކޮށް ގިނަ ދުވަހު ބަހައްޓާފައިވާ ގިނަ އުޅަނދުތަކެއް ވަނީ ނައްތާލާފައެވެ.

 

 

 

 

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: