އަރމޭނިއަން ޔޫތު އޯޕަންގައި ބައިވެރިވެ، ލައިބާ އަޙްމަދު މަޚްލޫފު ހޯދި ފަޚުރުވެރި ރަން ވަނަތައް ފާހަގަކޮށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސެއިން މުހައްމަދު ލަތީފް މަރުޙަބާ ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤްވާމީ މުބާރާތެއްގައި މުޅި ޤައުމު ތަމްސީލުކޮށް 3 ރަން މެޑަލް ޙާޞިލްކުރުމަކީ މުޅި ޤައުމު ފަޚުރުވެރިވާ ކަމެއްކަމުގައި ނައިބް ރައީސް އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވިއެވެ.
މިއީ އެކި ދާއިރާތަކުން، ޚާއްޞަކޮށް ކުޅިވަރުގެ ދާއިރާއިން ކުރިއަށް ގޮސް މިފަދަ ރަން ވަނަތައް ހާސިލް ކުރަން ބޭނުންވާ ކުދިންނަށް ލިބުނު ހިތްވަރެއްކަން ނައިބް ރައީސް ގެ ޕޯސްޓްގައި ފާހަގަކުރެއްވިއެވެ. އަދި އެމަނިކުފާނުވަނީ އެކަން ފާހަގަކުރައްވާ ލައިބާއަށް އިތުރު ކާމިޔާބީއާއި ރަން ވަނަތަކަށް އެދިލައްވާ ހިތްވަރާއެކު ކުރިއަށް ދިއުމަށް ހިތްވަރުވެސް ދެއްވާފައެވެ.
ލައިބާ ވަނީ މިދިޔަ އަހަރު ބޭއްވި އަރްމީނިއަން ޔޫތު އޯޕަންގައި ވެސް އެއް ރިހި މެޑެލް އާއި ލޯ މެޑެއްޔެއް ހޯދާފައެވެ. މީގެއިތުރުން، މިދިޔަ އޭޕްރީލް މަހު ބޭއްވި އިޓަލީ މުބާރާތުން ވެސް ލައިބާ ވަނީ ދެ ބްރޯންޒް މެޑެލް ޙާސިލްކޮށްފައެވެ.
ލައިބާ އަކީ ސަރުކާރުގެ ”އަރުތަ“ ޕްރޮގްރާމްގައި ހިމެނޭ ލައިބާ އަޙްމަދު މަޚްލޫފު ހޯދި ފަޚުރުވެރި ރަން ވަނަތައް ފާހަގަކޮށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސެއިން މުހައްމަދު ލަތީފް މަރުޙަބާ ވިދާޅުވެއްޖެއެތުލީޓެކެވެ. ”އަރުތަ“ ޕްރޮގްރާމަކީ، ދިވެހި ކުޅިވަރުގެ އާ ޖީލެއް ބިނާކުރުމާއި ބައިނަލްއަޤްވާމީ ފެންވަރުގައި ދިވެހި ކުޅުންތެރިން ފައިތިލަ ސާބިތުކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

