ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

6 ގައުމަކުން ޜާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުން ރައީސްއަށް ފަތްކޮޅު އަރުއްވައިފި

އެކި ގައުމުތަކުން ޜާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުންނަށް ފަތްކޮޅު އެރުވުން
ޝެއާރކޮށްލާ ކަހަލަދޯ؟

6 ގައުމަކުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުން، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް އަރުއްވައިފިއެވެ.

ގައުމުތަކުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުން:

  • ޔުގަންޑާ – ޕްރޮފެސަރ ޖޮއިސް ކަކޫރާމަޓްސީ ކިކަފުންޑާ
  • ދި ހެލެނިކް ރިޕަބްލިކް – އަލިކި ކޫޓްސޮމިޓޮޕޫލޫ
  • ޑެންމާކް – ރަސްމުސް އެބިގޯޑް ކްރިސްޓެންސެން
  • އުޒްބެކިސްތާނު – ސަރްދޯ ރުސްތަމްބޭވް
  • ޒިމްބާބްވޭ – ސްޓެލާ ނޮކޮމޯ
  • ފަލަސްޠީނު – އިހާބް އިބްރާހީމް މުޙައްމަދު ޚަލީލް

މި ރަސްމިއްޔާތަށް، ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް ސަފީރުން ވަޑައިގެންނެވީ ހަތްކޮޅުގައި، ރަސްމީ އިއްޒަތުގައި، ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވާފައެވެ. ސަފީރުން ރައީސުލްޖުމްހޫރިއްޔާއަށް މަޤާމުގެ ފަތްކޮޅު އެރުވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ ސަފީރުންނަށް މަރުޙަބާ ވިދާޅުވެ، ކާމިޔާބު ދައުރަކަށް އެދިވަޑައިގެންފައެވެ. ފަތްކޮޅު އެރުވުމަށްފަހު ބޭއްވެވި ބައްދަލުވުމުގައި، އިޤްތިޞާދީ ތަރައްޤީ އާއި، މޫސުމީ ވިލުންތެރިކަމާއި، ތަޢުލީމާއި ފަތުރުވެރިކަމުގެ ދާއިރާއިން އެއް ޤައުމުން އަނެއް ޤައުމަށް އެއްބާރުލުންދިނުން އިތުރުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދީގެން، ރާއްޖެއާއި ގައުމުތަކުގެ ގުޅުން ހަރުދަނާކުރުމާމެދު ސަފީރުންނާއި ރައީސް ވަނީ މަޝްވަރާކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖެއާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ގައުމުތަކުން ގެންގުޅުއްވާ ޝައުޤުވެރިކަމުގެ އަގުވަޒަންކުރައްވާކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖެއާއި އެ ގައުމުތަކަށްވެސް ފައިދާކުރަނިވި ގޮތަށް އެކުގައި މަސައްކަތްކުރުންމަތީ ދިވެހި ސަރުކާރު ދެމިއޮންނާނޭ ކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ. މީގެ އިތުރުން ފަރުދީ ފެންވަރުގައްޔާއި، ޘަޤާފީ ގޮތުން އަދި ވިޔަފާރީގެ ރޮނގުން ގުޅުން ބަދަހިކުރުމަށް ހުރި ފުރުޞަތުތައްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: