ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިލިޕީންސްގެ މިނިވަންދުވަހުގެ ތަޙުނިޔާ ރައީސް ފޮނުއްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮރ. މުޢިއްޒު، ރިބަޕްލިކް އޮފް ފިލިޕީންސްގެ ރައީސް، ހިޒް އެކްސަލަންސީ ފާދިނަންދް ރޮމުއާލްދޭޒް މަރްކޯޒްއަށް، އެޤައުމުގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފިއެވެ.

ފިލިޕީންސްގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، އެ މަނިކުފާނުގެ އަމިއްލަފުޅު ނަންފުޅުގައާއި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ހެޔޮއެދުމާއި ތަހުނިޔާ އިޚުލާސްތެރިކަމާއެކު ފޮނުއްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަހުނިޔާގެ މެސެޖު ނިންމަވާލައްވާފައި ވަނީ ފިލިޕީންސްގެ ރައީސް މަރްކޯޒްއަށް ދުޅަހެޔޮ ޞިއްޙަތަކާއި އުފާވެރިކަން އެދިވަޑައިގެން، އެ ޤައުމަށާއި އެ ޤައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވަމުންނެވެ.

1978 ވަނަ އަހަރުން ފެށިގެން ޖޫންމަހުގެ 12 ވަނަ ދުވަސް ފާހަގަ ކުރަނީ ފިލިޕީންސްގެ މިނިވަންދުވަހުގެ ގޮތުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: