ޒިމްބާބްވޭ ސަރުކާރުން ދިވެހިރާއްޖެއަށް އަލަށް ކަނޑައެޅުއްވި ސަފީރު ސްޓެލާ އެންކޮމޯ، ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ޙަލީލްގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ފޮރިން މިނިސްޓްރީގައެވެ.
މި ބައްދަލުކުރެއްވުމުގައި ފޮރިން މިނިސްޓަރު ހަލީލު ވަނީ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އެރުވުމާއި ގުޅިގެން މަރުހަބާ ދަންނަވައިފައެވެ. އަދި ހަލީލު ވަނީ ސަފީރު ންކޯމް އައްޔަން ކުރެއްވުމަކީ ދިވެހިރާއްޖެއާއި ޒިމްބާބްވޭގެ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި އާ ބާބެއް ފެށޭނެކަމުގެ ޔަގީންކަން ލިބޭކަމަށް ފާހަގަކުރައްވައިފައެވެ.
މީގެއިތުރުން، މިނިސްޓަރު ހަލީލާއި ސަފީރު ންކޯމް ވަނީ ދެ ގައުމުގެ ދެމެދުގައި އެއްބާރުލުން އިތުރުކުރެވޭނެ މަގުތަކާ ބެހޭ ގޮތުން މަޝްވަރާކޮށް، މަލްޓިލޭޓަރަލް ފެންވަރުގައި އެއްބާރުލުންދޭނެކަމުގެ ކަށަވަރުކަން އަލުން ދެއްވައިފައެވެ.
މި ބައްދަލުވުން ނިންމާލެއްވުމުގެ ކުރިން، ދެގައުމުގެ ދެމެދުގައި އޮތް ޑިޕްލޮމެޓިކް ގުޅުން އިތުރަށް ފުޅާކޮށް، ދެގައުމުގެ މަސްލަހަތު އޮތް ފުރުސަތުތައް ހޯދަން ބޭނުންވާ ކަމުގެ ޝައުގުވެރިކަން ހުރިކަން ފާޅުކޮށްފައެވެ.
މި ބައްދަލުވުމުގައި، ވަޒީރު ހަލީލުގެ އަރިހުގައި، ސެކްޓަރީ ޑރ. ހާލާ މަރިޔަމް ޒުލްފާއާއި، ޖޮއިންޓް ސްކެޓަރީ ޙަދީޖާ ނަޖީހާއާއި ސީނިއާ އަންޑަރ ސެކްޓަރީ ފާތިމަތު ނައީމާ އަދި ޑެމިއުޓީ ޑެސްކު އޮފިސަރު ފާތިމު ލަޔާނާ އިހުސާން ބައިވެރިވެލެއްވިއެވެ.

