ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމެރިކާގައި ޓްރަމްޕާއި ދެކޮޅަށް މަގުމަތީ ހަރަކާތްތައް ވަރުގަދަކޮށްފި

ޓްރަމްޕާއި ދެކޮޅު ހަރަކާތުގެ ތެރެއިން: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ދެކޮޅަށް ކުރަމުންދާ މަގުމަތީ ހަރަކާތްތައް އިތުރަށް ވަރުގަދަކޮށްފައިވާކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ނޫސްތަކުން ބުނާގޮތުން ކުދި އަދި ބޮޑެތި ސިޓީތަކުގެ ރައްޔިތުންވެސް ދަނީ ޓްރަމްޕާއި ދެކޮޅަށް ވަރުގަދަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ތައްޔާރުވަމުންކަމަށެވެ. ނަމަވެސް އެކި މުއައްސަސާތަކުގެ އޮފިޝަލުންދަނީ އެންމެންވެސް މަޑުމައިތިރިކަމާއިއެކު އަމަލުކުރުމަށް އިރުޝާދު ދެމުންނެވެ. މި ހަރަކާތްތަކާއި ޓްރަމްޕު ވަޑައިގަތުމަށް ހަމެޖެހިފައި އޮތް ހަފްލާއަކާއި ދިމާވުމުން އެކަން ކުރިއަށްދާ ސިޓީކަމަށްވާ ވޮޝިންޓަންގައި އިހުތިޖާޖު ނުކުރަންވަނީ ނިންމާފައެވެ. ނަމަވެސް އެ ގައުމުގެ ނެޝިނަލް ގާޑު އޮތީ ތައްޔާރީ ހާލަތުގައިކަން ރިޕޯޓުތަކުން ފާހަގަކުރެއެވެ.

ޓްރަމްޕާއި ދެކޮޅަށް ހިންގާ މަގުމަތީ ހަރަކާތްތައް އިތުރަށް ވަރުގަދަވެފައިވަނި އެ ގައުމުގައި ފެޑަރަލް އިމިގްރޭޝަން އެންފޯސްމެންޓް ރެއިޑުތަކެއް ކުރިއަށް ގެންދަން ފެސުމާއި ގުޅިގެންނެވެ. އަދި އިހުތިޖާޖުގެ ބައިވެރިންތަކެއް މަގެއް ބަންދުކޮށް ކާރުތަކެއްގައި ރޯކޮށްލުމުން ޓްރަމްޕުވަނި އެ ސަރަހައްދަށް އަސްކަރިއްޔާ ފޮނުވާފައިކަމަށް ނޫސްތަކުން ބުނެއެވެ.

މި ހަމަނުޖެހުންގަނޑުގެ ތެރެއިން ފުލުހުންވަނީ ޓިއަރގޭސް ޖަހައި ރަބަރު ވަޒަންވެސް ބޭނުންކޮށްފައެވެ. އެ ގައުމުގެ ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ ބައެއް އޮފިޝަލުންވަނީ ޓްރަމްޕުގެ އަމަލުތައް ކުށްވެރިކޮށްފައެވެ. އަދި އޭނާވަނީ ބާރުތަކުގެ ނަހަމަ ބޭނުންކޮށްފައިކަމަށްވެސް ބުނަމުންދާކަން ފާހަގަކުރެވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: