ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އދ. ގެ ތިންވަނަ އޯޝަންސް ކޮންފަރެންސް ނިންމާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއިން ބައިވެރިވި އދ. ގެ ތިންވަނަ އޯޝަންސް ކޮންފަރެންސް ނިންމާލައިފިއެވެ.

މި ކޮންފަރެންސް ބޭއްވުނީ މިމަހުގެ 9 އިން 13 އަށް ފަރަންސޭސިވިލާތުގެ ނީސްގައެވެ.

މި ކޮންފަރަސްއަކީ ކޮންމެ ދެއަހަރަކުން އެއް އަހަރު ބާއްވާ ކޮންފަރަންސްއެކެވެ.

މި ކޮންފަރެންސްގެ މައިގަނޑު މަޤްޞަދަކީ ކަނޑުގެ މާޙައުލާއި ދިރޭތަކެތީގެ ނަސްލުތައް ޙިމާޔަތްކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ގުޅިގެން މަސައްކަތްކުރުމެވެ.

ކޮންފަރެންސްގެ ރަސްމީ ބައި ކުރިއަށް ގެންދެވުނީ 10 އެކްޝަން ޕެނަލްއަކަށް ބަހާލައިގެންނެވެ. މި ޕެނަލްތަކުގައި ދިވެހިރާއްޖެއިން ބައިވެރިވެ، ރާއްޖެއިން އިސްކަންދޭ ކަންކަމާއި، ރާއްޖެ ފަދަ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވާ ގޮންޖެހުންތައް ފާހަގަކޮށް، އެކަންކަމާ ގުޅިގެން ވަކާލާތުކޮށްފައިވެއެވެ.

ކޮންފަރެންސްގެ ތެރޭގައި، މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަމަންޓާއި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާ ގުޅިގެން ނޭޝަނަލް ސައިޑް އިވެންޓެއް ބާއްވާފައިވެއެވެ. މި އިވެންޓުގައި ދެމެހެއްޓެނިވި މަސްވެރިކަމާއި، ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތައް ބެލެހެއްޓުމަށް ރާއްޖެއިން ކުރާ މަސައްކަތްތަކަށް އަލިއަޅުވާލާފައިވެއެވެ. މިނިސްޓްރީން ފާހަގަކުރިގޮތުގައި މި އިވެންޓަށް ވަރަށް ބޮޑު ތަރުޙީބެއް ލިބި، ރާއްޖޭގެ ތަޖުރިބާއާއި ގޮންޖެހުންތައް ހިއްސާކުރުމުގެ ފުރުޞަތު ލިބިފައިވެއެވެ.

މީގެއިތުރުން، ކޮންފަރެންސްގެ ތެރޭގައި އެކި ޤައުމުތަކުގެ ވަފުދުތަކާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކާއެކު ބައްދަލުކޮށް، ތިމާވެށީގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފައިވެއެވެ. ޚާއްޞަކޮށް، މީހުން ބިނާކުރުމާއި ފަންނީ އެހީތެރިކަން ހޯދުމަށް މަޝްވަރާކޮށް، ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު މަސައްކަތްތައް ކުރުމަށް ރޭވިފައިވާކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

ކޮންފަރެންސްގެ ތެރޭގައި އިތުރު 18 ޤައުމަކުން ބީ.ބީ.އެން.ޖޭ އެގްރީމަންޓް ތަޞްދީޤުކޮށްފައިވާކަން ފާހަގަކުރެވެއެވެ. މިއާއެކު، ޖުމްލަ 50 ޤައުމުން މި އެގްރީމަންޓް ތަޞްދީޤުކޮށްފައިވެއެވެ. މި އެގްރީމަންޓަކީ މާކަނޑުގެ މާޙައުލާއި ދިރުންތައް ޙިމާޔަތްކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް ޤާއިމުކޮށްފައިވާ އެއްބަސްވުމެކެވެ. ޖުމްލަ 60 ޤައުމުން މި އެގްރީމަންޓް ތަޞްދީޤުކުރުމުން މި މުޢާހަދާއަށް ޢަމަލުކުރަން ފަށާނެއެވެ.

ދިވެހިރާއްޖެއަކީ މި އެގްރީމަންޓް ތަޞްދީޤުކުރި ފުރަތަމަ 10 ޤައުމުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. އެހެންކަމުން، އިތުރު ޤައުމުތަކުން މި އެގްރީމަންޓް ތަޞްދީޤުކުރުމަށް ރާއްޖެއިން މި ކޮންފަރެންސްގެ ތެރޭގައި ވަކާލާތުކޮށްފައިވާކަމަމަށް މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ.

މި ސަމިޓަކީ ދުނިޔޭގެ ކަނޑުތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމާއި ހިމާޔަތްކުރުމަށް ބާރުއަޅާ، ބައިނަލްއަޤްވާމީ ފެންވަރުގައި ބޭއްވޭ މުޙިއްމު ބައްދަލުވުމެކެވެ. މި ސަމިޓުގައި ދިވެހިރާއްޖެ ބައިވެރިވެ، ކަނޑުތަކުގެ މުޙިއްމުކަން ފާހަގަކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުތައް ބޭނުންކުރުމަށް ގޮވާލާފައިވާވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: