ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުސޫލުގެ ބޭރުން އެއްވެސް ފަރާތެއް ހައްޖަށް ގެންގޮސްފައި ނުވާނެ: ޝަކީލް

ޝެއާރކޮށްލާ ކަހަލަދޯ؟

އުސޫލާއި ހިލާފަށް، ނުވަތަ އެ އުސޫލުގެ ބޭރުން އެއްވެސް ފަރާތެއް ހައްޖަށް ގެންގޮސްފައި ނުވާކަމަށް ހައްޖު ކޯޕަރޭޝަންގެ އެމްޑީ މުހައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ”ސަރުކާރު“ ޕްރޮގްރާމްގައި ޝަކީލް ވިދާޅުވީ ހައްޖަށް މީހުން ގެންދިއުމުގައި އުސޫލެއް ގާއިމްކުރެވިފައިވާ ކަމަށެވެ. މީގެއިތުރަށް ހައްޖަށް މީހުން ގެންދިއުމާއި ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީންވެސް ހާއްސަ އުސޫލެއް ގެޒެޓްކޮށްފައިވާ ކަމަށް އެމްޑީ ވިދާޅުވިއެވެ.

ޝަކީލް ވިދާޅުވީ އެ އުސޫލުގެ ބޭރުން ހައްޖު ކޯޕަރޭޝަނުން އެއްވެސް ފަރާތެއް ހައްޖަށް ގެންގޮސްފައި ނޯންނާނެ ކަމަށް ވިދާޅުވިއެވެ. އެމްޑީ ވިދާޅުވީ ފާޑުކިޔާ ފަރާތްތަކަށް މިފަަރު ހައްޖުގެ ކަންކަމުން ފާޑުކިޔާބެ ކަމެއް ނުފެނުމުން ދެން ކުރަނީ ތުހުމަތުތަކެއް ކަމަށެވެ.

”މިސާލަކަށް އަޅުގަނޑު ހައްޖު ކޯޕަރޭޝަންގެ ވެރިއެއްގެ ހައިސިއްޔަތުން ސައުދި އަރަބިއްޔާއަށް ދިޔައިމަ އަޅުގަނޑުވެސް ކިޔު ފަޅާފަ ހައްޖަށް ދަނީއޭ ބުނެ އަދި ހަމައެއާއިއެކޮށް ހައްޖުވެރިންނަށް ހިދުމަތް ފޯރުކޮށްދިނުމަކީ ހައްޖު ކޯޕަރޭޝަންގެ މުވައްޒަފުންގެ ޒިންމާއަކަށް ވާއިރުގައި ހައްޖު ކޯޕަރޭޝަންގެ މުވައްޒަފުން ޖުމްލަ ގޮތެއްގައި ސައުދީ އަރބިއްޔާއަށް ހައްޖުވެރިން ގޮވައިގެން ދިއުމުން އެކަމަށް ވެސް އެބަ ފާޑުކިޔޭ“

މުވައްޒަފުން ނުގެންގޮސް ހައްޖުވެރިންނަށް ހިދުމަތެއް ފޯރުކޮށްދެވޭނީ ކިހިނަކުންތޯ އެމްޑީ ސުވާލު އުފެއްދެވިއެވެ. އެމްޑީ ވިދާޅުވީ ހަމަ ބުއްދިން ވިސްނައިފި ކޮންމެ މީހަކަށްވެސް ކަންކަން ސާފު ވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: