ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮކިފަތި ފޮނުވަނީ ކައުންސިލުތަކުގައި އެވަރުވެސް ކުރެވޭނެ ބަޔަކު ނެތްކަމަށް ދެއްކުމަށް: ޝާހިދު

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު: ފޮޓޯ/ އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ލޯކަލް ގަވަމެންޓް މިނިސްޓްރީ އުފައްދައިގެން ރަށްތަކަށް ބޮކިފަތި ފޮނުވުން ފަދަ މަސައްކަތްތައް ކުރަމުންދަނީ ކައުންސިލުތަކުގައި އެފަދަ މަސައްކަތްތައް ކުރެވޭނެ ވަރުގެ ބަޔަކު ނެތްކަމަށް ދައްކައި، އަގު ވައްޓާލުމުގެ ނިޔަތުގައި ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ފުވައްމުލަކު ސިޓީގައި އެމްޑީޕީން ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލުތަކުގެ އިންތިހާބުން ޕީއެންސީއަށް ނާކާމިޔާބުތަކެއް ކުރިމަތިވެގެންދާނެކަން ޔަގީންވުމުން ސަރުކާރުންވަނީ ކައުންސިލުތަކުގެ އަގު ވައްޓާލައި ބާރު ކަނޑުވާލައި ކުޑަކޮށްލުމުގެ މަސައްކަތްތައް ފަށާފައިކަމަށެެވެ.

ޝާހިދު ވިދާޅުވީ، އަގުވައްޓާލުމަށްޓަކައި ކޮށްފައިވާ މަސައްކަތްތައް ރައްޔިތުން ހަނދާން ހުންނާނެކަމަށެވެ. މިގޮތުން ރައީސް ޑރ މުހައްމަދު މުއިއްޒުވަނީ ކައުންސިލުތަކުން ބޭރު ގައުމުތަކަށް ކުރާ ދަތުރުތަކަކީ ބޭކާރު މަސައްކަތްތަކެއް ކަމަށް ވިދާޅުވެފައިކަމަށާއި ނަމަވެސް މައި ސަރުކާރުންވެސް އެފަދަ އެތައް ދަތުރެއް ކޮށްފައިވާކަމަށް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ދައުލަތުގެ އެންމެ މަތީ އިސްވެރިޔާ ކައުންސިލުތަކުގެ އަގު ވައްޓާލުމަށްޓަކައި ނުކުމެ ވަޑައިގަންނަވަން ޖެހޭ ހިސާބަށް ކަންކަން ގޮސްފައިނުވާކަމަށެވެ. އަދި ސަރުކާރުން އެފަދަ ކަންކަން ކުރަމުންދަނީ ގޮތް ހުސްވެ މަގު ބެދި އެނޫން އެހެން ގޮތެއް ނެތުމުންކަމަށާއި އެއަށްފަހު މަޖިލީހުގެ މެޖޯރިޓީ އޮތުމުން މިހާރު ކައުންސިލުތަކުގެ ބާރު ކަނޑުވާލުމަށް މަސައްކަތްތައް ފަށާފައިވާކަމަށެވެ.

ޝާހިދު ވިދާޅުވީ، އެކަން ކުރުމަށްޓަކައި އެންމެ ފުރަތަމަ އެޅި ފިޔަވަޅަކީ މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވޯކްސް އުފެއްދުންކަމަށާއި ކޮންމެ ނަމެއް ކިޔައިގެން އުފެއްދި ނަމަވެސް އެތަނަކީ ހަގީގަތުގައި މީގެ ކުރިން އޮތް އެޓޯލްސް މިނިސްޓްރީކަމަށެވެ. އަދި މިނިސްޓްރީން ކުރަމުންދަނީ ރަށްތަކަށް ބޮކިފަތި ފޮނުވުން ފަދަ މަސައްކަތްތައްކަމަށާއި އެވަރު މަސައްކަތްތަކެއް ކުރިއަށް ގެންދެވޭނެ ބަޔަކު ކައުންސިލުތަކުގައި ނެތްތޯ ސުވާލު އުފެއްދެވިއެވެ.

ޝާހިދު ވިދާޅުވީ، ފުވައްމުލަކު ސިޓީ ކައުންސިލާއި އެހެނިހެން ރަށްތަކުގެ ކައުންސިލުތަކުގައިވެސް އީދު ފަދަ ދުވަސްތައް ފާހަގަކުރުމުގެ ގޮތުން ކުލަބޮކި ރާއްޖެއިން ބޭރުން ގެނެވޭނެ ފެންވަރުގެ ބޭފުޅުން ތިބިކަމަށެވެ. އަދި ރާއްޖޭގެ ރަށްތަކުގެ ކައުންސިލުތަކުގައި ތިބީ އެވަރު ކޮށްނުލެވޭނެ ވަރުގެ މީހުންކަމަށް މާލޭގެ ފިނި ކޮޓަރިތަކުގައި ތިބި މީހުންނަށް ހީވުން އެކަށީގެންވާކަމަށެވެ. ނަމަވެސް ހަގީގަތުގައި މިއަދު ކައުންސިލުތަކުގައި ތިއްބެވީ އެއަށްވުރެ ގާބިލު ހުށިޔާރު ހޭލުންތެރި ބޭފުޅުންތަކެއްކަމަށެވެ.

އޭނާ ވިދާޅުވީ، ސަރުކާރުގެ މަސައްކަތްތަކުގެ މަގުސަދަކީ އެ ފަރާތްތަކުގެ އަގު ވައްޓާލުންކަމަށާއި މީގެ ކުރިން އެޓޯލްސް މިނިސްޓްރީގެ ތެރޭގައި ރަށްތަކަށް ދިދަ ފޮނުވުމުގެ މަސައްކަތްތައް ކުރެވިގެންދިޔަ ގޮތް އެނގިވަޑައިގަންނަވާ ބޭފުޅުން މިއަދުވެސް މަޖިލީހުގައި ތިއްބެވިކަމަށެވެ. އެހެންކަމުން އަނެއްކާވެސް މިއުޅެނީ ތާރީހު އިޔާދަކުރަންތޯ އެ ބޭފުޅުން ނަފްސާ ސުވާލުކޮށްލުން މުހިންމުކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: