ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޭޕާކް އެޕާޓްމަންޓުތަކަށް ފައިސާ ދެއްކި އިތުރު މީހުން ހެކިބަސް ދީފި

ހަންބޯ ކުންފުނިން ހުޅުމާލޭގައި ހަދަމުން އަންނަ ކޭޕާކް ފްލެޓްތައް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ ކޭ-ޕާކް ފްލެޓްތަކުގެ މައްސަލާގައި އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ދައުލަތުން މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ޙަސަން މަމްދޫހުގެ އިތުރުން ޖައިޝާން ސައީދުގެ މައްޗަށެވެ. އެގޮތުން މި މައްސަލައިގައި ކޯޓުގައި އުފުލާފައިވާ ދައުވާތަކުގައި، މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި، އެނގިހުރެ، ސައްހަނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާއާއި، ޓެކުމާއި، ޓެކުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާގެ އިތުރުން، މަނީ ލޯންޑްރިންގއާއި މަނީ ލޯންޑަރކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާތަކެއް ހިމެނެއެވެ.

މި މައްސަލައިގައި މިހާރު ކުރިއަށްދަނީ ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމުގެ މަރުޙަލާއެވެ.

އެހެންނަމަވެސް، ޖައިޝާން ސައީދުގެ ވަކީލު މި އަޑުއެހުމަށް ހާޒިރެއް ނުވެއެވެ. އެގޮތުން އަޑުއެހުމަށް ހާޒިރުވެފައިނުވަނީ ބަލިވެއުޅޭކަމަށް ބުނެއެވެ. އަދި ކޯޓަށްވެސް އެކަން ލިއުމުން އަންގާފައެއް ނުވެއެވެ. އެހެންވެ ގާޒީ ނިންމެވީ ހެކިބަސް ނެގުން ކުރިއަށް ގެންދިއުމަށެވެ.

އެހެންނަމަވެސް ވަކީލަކާއެކު އަޑުއެހުން ކުރިއަށްގ ެންދިއުމުގެ ފުރުސަތު ނުދީ ކުރިއަށްދާތީ އެކަމުގެ ކަންބޮޑުވުން މި އަޑުއެހުމުގައި ޖައިޝާން ފާހަގަ ކުރެއްވިއެވެ.

ހޯމަ ދުވަހުގެ މި އަޑުއެހުމުގައި ހާޒިރުވީ ކޭޕާކް އެޕާޓްމަންޓް ކޮމްޕްލެކްސްއިން އެޕާޓްމަންޓެއް ގަނެފައިވާ ފަރާތެކެވެ. އޭނާ ކިޔާދިން ގޮތުގައި އޭނާ މަމްދޫހުއާ ކުރެވުނު މަޝްވަރާތަކުގައި އެކަށީގެންވާ ރަނގަޅު ހުށަހެޅުމެއް ލިބިގެން ދިޔައެވެ. އެއީ 1.5 މިލިއަން ރުފިޔާ ކުރީބައިގައި ދެއްކުމަށްފަހު، އެޕާޓްމަންޓް ތަޅުދަނޑި ލިބުމާއެކު ބާކީ ފައިސާ 5 އަހަރަށް ބަހާލައިގެން ދައްކާގޮތަށް، ޖުމުލަ 3 މިލިއަން ރުފިޔާއަށް އެޕާޓްމަންޓް ލިބުމުގެ ފުރުސަތެކެވެ.

އެހެންކަމުން އެ އެއްބަސްވުމުގައި އޭނާ ވަނީ ސޮއިކޮށްފައެވެ. އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދިޔައީ ހަމްބޯ ކުންފުނީގެ އޮފީހުގައި ކަމަށާއި، އަދި އެ އެއްބަސްވުން އެކުލަވާލުމުގައި އިދާރީ ގޮތުން މަސައްކަތްތައް ކުރިއަށް ގެންދިޔައީ ޖައިޝާންކަމަށްވެސް އޭނާ ކިޔާދިނެވެ.

ހަމައެއާއެކު، އޭނާ ޗެކުން ފައިސާ ދެއްކުމުން، އެޕާޓްމަންޓަށް ފައިސާ ދެއްކި ކަމުގެ ރަސީދުވެސް ހަމްބޯ ކުންފުނިން ދީފައިވާކަމަށް އޭނާ ކިޔާދިނެވެ. އޭރު އެއްބަސްވެވިފައި އޮތީ 2022 ގެ މެއި މަހުގެ ކުރިން އެޕާޓްމަންޓް ހަވާލު ކުރުމަށެވެ.

އެހެނނަމަވެސް އެ މުއްދަތު ފާއިތުވިއިރުވެސް އެޕާޓްމަންޓް ހަވާލު ނުކުރާ ކަމަށާއި، އޭގެ މާފަހުން ހަމަ އެ އެޕާޓްމަންޓުތައް އެހެން ބަޔަކަށްވެސް ދީފައިވާކަމުގެ މައުލޫމާތުތައް ލިބިގެންދިޔަކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ދެންވެސް ހާޒިރުވީ ކޭޕާކްގެ އެޕާޓްމަންޓު ގަތް ފަރާތެކެވެ. އެގޮތުން ފައިސާ ދެއްކުމާއި، އެޕާޓްމަންޓު ގަތުމުގެ މުއާމަލާތްތައް މަމްދޫހުއާއެކު ކުރިއަށް ގެންދިޔައީ އޭނާގެ ފިރިމީހާކަމަށް ކިޔާދިނެވެ. އޭނާވެސް ވަނީ އެ މުއާމަލާތާ ގުޅިގެން ހަނދާނުގައި ހުރި ބައެއްކަންކަން ކިޔާދީފައެވެ.

ހަމައެއާއެކު، އެ ފްލެޓުވެސް އެހެން ބަޔަކަށް ވިއްކާފައިވާކަމަށް ފަހުން ފިރިމީހާގެ ފަރާތުން މައުލޫމާތު ލިބިގެންދިޔަކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުންވެސް އިތުރު ފަރާތްތަކުން ހެކިބަސް ދީފައިވެއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: