ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޯލްޑިވްސް ފުޑް ކާނިވަލް 2025ގެ ޕްރިމިއަމް ސްޕޮންސަރއެއް ގޮތުގައި ދިރާގުން ސޮއިކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ފުޑް ކާނިވަލް 2025ގެ ޕްރިމިއަމް ސްޕޮންސަރއެއް ގޮތުގައި ދިރާގުން ސޮއިކޮށްފިއެވެ.

މި ކަލިނަރީ އިވެންޓް ކުރިއަށްދާނީ 4 ދުވަހަށެވެ.

ތިންކް އެސޯސިއޭޓްސް އާއި ޓޭސްޓް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ މި އިވެންޓުގައި ތަފާތު ކާބޯތަކެތީގެ ސްޓޯލްތަކުގެ ބައިވެރިވުން ފެނިގެންދާނެއެވެ.

މި އިވެންޓް މެދުވެރިކޮށް ދިވެހި ހޯމް-ބޭސްޑް އަދި ކުދި ވިޔަފާރިތަކުގެ އިތުރުން މަޝްހޫރު ކާބޯތަކެތީގެ ވިޔަފާރިތަކަށް އެއްތަނަކުން އެ ފަރާތްތަކުގެ ހުށަހެޅުންތައް އާންމުންނަށް ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި އަހަރު ފެނިގެންދާނީ މި އިވެންޓް ގެ ތިން ވަނަ އެޑިޝަނެވެ.

25 އިން 28 ޖޫން 2025 އަށް މޯލްޑިވްސް ފުޑް ކާނިވަލް ކުރިއަށްދާނީ ހުޅުމާލެ ސެންޓްރަލް ޕާކުގައި ހަވީރު 4:00 އިން ރޭގަނޑު 11:30 އަށެވެ.

ވޭތުވެދިޔަ ދެ އަހަރުގެ ކާމިޔާބީއަށް ފަހު، މި އަހަރު ވެސް މޯލްޑިވްސް ފުޑް ކާނިވަލްގެ ޕާޓްނަރަކަށް ވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށާއި މިފަދަ އިޖްތިމާޢީ ޙަރަކާތްތަކަށް އެއްބާރުލުންދީ ރާއްޖޭގެ ވިޔަފާރިތައް ކުރިއެރުވުމަށް އެހީތެރިވެދިނުމަކީ ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއްކަމަށް ދިރާގުގެ މެނޭޖަރ ބްރޭންޑް އެންޑް އިވެންޓްސް، ނާޔާ ޝަރީފް ވިދާޅުވިއެވެ.

ދިރާގުން ދަނީ މުޖުތަމަޢުގެ ތެރޭގައި ގުޅުން ވަރުގަދަކޮށް، ދިވެހި ވިޔަފާރިތައް ކުރިއެރުވުމަށް ބާއްވާ އެކި ހަރަކާތްތަކަށް އެކި ގޮތްގޮތުން އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދެމުންކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: