މިސްކިތެއްގައި ދިހަ އަހަރުގެ ކުޑަ ކުއްޖަކަށް އިޖްތިމާއީ މިންގަނޑުތަކާއި ހިލާފު މަންޒަރުތަކެއް ދެއްކި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ފުލުހުންގެ މުއައްސަސާއިން އާންމުކޮށްފައިވާގޮތުން ކުޑަ ކުއްޖަކަށް ބަދަލު އަހުލާގީ މަންޒަރުތަކެއް ދައްކާފައިވަނީ މާލެ ސަރަހައްދުގެ މިސްކިތެއްގައެވެ. މި މައްސަލަ އެ މުއައްސަސާއަށް ހުށައެޅިފައިވަނީ ޖޫން މަހުގެ 23 ވަނަ ދުވަހުގައިކަމަށްވާއިރު މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާކަމަށް ބުނެފައިވެއެވެ.
އެ މުއައްސަސާއިން ދަނީ މައްސަލައާއި ގުޅިގެން ސުވާލު ކުރަންޖެހޭ ފަރާތްތަކާއި ސުވާލުކޮށް ތަހުގީގު ކުރަމުންކަމަށްވެސް ބުނެފައިވެއެވެ.

